އެންދަމަން ފީނަން ގޮސް އުޅެނިކޮށް ހާލުދެރަވި މަސްވެރިއަކު ބ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެނިކޮށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ވަނީ ރ. ކިނޮޅަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ.

Ad
rt

ބ. އޭދަފުށީ އޮންލައިން ނޫހެއް ކަމުގައިވާ "އޭދަފުށީ ވޮއިސް" ގައި ބުނެފައިވަނީ އެމީހާ ނިޔާވީ، ފީނަން ގޮސް އުޅެނިކޮށް މެއަށް ތަދެއް އެރައިގެނ، އަތޮޅު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަށް މަސްވެރިޔާ ގެންދިޔައީ މިއަދު މެންދުރު 1:30 އާއި2:00 އާއި ދެމެދު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.