ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ޖެހުނު މިހުންގެ އަސަދު 301552 (ތިންލައްކަ އެއްހާސް ފައްސަތޭކަ ފަންސާސް ދެ) މީހުންނަށް ޖެހިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު މިވަނީ 12955 އަރާފައެވެ.
ބަލި އެންމެ ގަދައަށް ފެތުރުނު ޗައިނާގައި ވައިރަސް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް މިއަދުވެސް އެގައުމުން އިތުރު 41 މީހަކަށްޖެހި 7 މީހުން ވަނީ މަރުވެފައެވެ. ދުނިޔޭގެ އެހެން ހިސާބުތަކުގައި ވައިރަހުގެ އަސަރުދަނީ އިތުރުވަމުންނެވެ.
ވައިރަހުގެ ސަބަބުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިޓަލީއިންނެވެ. އިޓަލީއިން ޖުމްލަ 4825 މީހުން މަރުވެފައިވާއިރު މިއީ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި އަދި އެންމެ ގަދައަށް ފެތުރުނު ޗައިނާއަށް ވުރެ ގިނަ އަދަދެކެވެ. މިއަދު އެކަނިވެސް އިޓަލީއިން 6577 މީހުންނަށް މިވައިރަސް ޖެހިފައިވެއެވެ. މިއީ އެންމެ ގިނައިން އެގައުކުގައި ވަަިރަސް ޖެހުނު ދުވަހެވެ
ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބަލި ފުރަތަމަ ފެނުނު ޗައިނާއިންނެވެ. ޗައިނާއިން ވައިރަހުގެ ސަބަބުން ޖުމްލަ 3255 މީހުން މަރުވެފައިވާއިރު ޗައިނާގައި ވަނީ މިހާރު ވައިރަސް މުޅިން ކޮންޓްރޯލް ކުރެވިފައެވެ. ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިރާން ގައެވެ. އިރާން އިން ޖުމްލަ 1556 މީހުން މަރުވިއެވެ.
ޔޫރަޕުގެ ގިނަ ގައުމުތަކުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ސްޕެއިން އިން ވަނީ 25 ހާހަށް ވުރެ ގިނަ މީހުނަށް ވައިރަސް ޖެހި 1300 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. ޖަރުމަނުގައި ވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 21 ހާހަށް ވުރެ ގިނަވެފައެވެ.
ކޮރޯނާ ވައިރަހަށް ހާއްސަ ފަރުވާއެއް ހޯދިފައި ނުވާއިރު 94 މީހުން މިބަލިން ރަނގަޅު ވެފައިވެއެވެ. މިހާރުވެސް ހޮސްޕިޓަލްތަކާއި، ކަރަންޓީން ފެސިލިޓީސްތަކުގައި އެޑްމިޓްކޮށްގެން 193,972 މީހުންނަށް ފަރުވާއެބަދެއެވެ. އޭގެ ތެރެއިން، 9,369 މީހުން ނާޒުކު ޙާލަތްތަކުގައި ތިބިކަމަށް މަޢުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!