ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަކޮރޯނާ ވައިރަސް ޖެހިގެން ފާއިތުވި 24 ގަޑިއިރުތެރޭގައި އިޓަލީން 793 މީހުން މަރުވެ، 6557 މީހުން އަލަށް ޕޮޒިޓިވު ވެއްޖެއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ހިސާބުތައް ދައްކާގޮތުން އިޓަލީން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 53،578 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 4825 އަށް އަރާފައެވެ.
2019 ވަނަ އަހަރު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް މިހާރު ދުނިޔޭގެ ހުރިހާ ބައްރަކަށްހެން ފެތުރިފައިވާ މި ނުރައްކާތެރި ވައިރަސް މިހާރުވަނީ ދުނިޔޭގެ ކަންކޮޅުތަކުން 297635 މީހުންނަށް ޖެހިފައެވެ.
ދުނިޔޭގެ 186 ޤައުމަށާއި، ސަރަހައްދަށް މިހާރު ފެތުރިފައިވާއިރު، މިވައިރަސްގެ ސަބަބުން 12831 މީހުންވަނީ މަރުވެފައެވެ. އަދި މިވައިރަސް ޖެހުނު މީހުންތެރެއިން 94625 މީހުން މިވައިރަސްއިން ފަސޭހަވެފައިވެސް ވެއެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ އިޓަލީ ވިލާތުގައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!