ކޮވިޑް-19 އާއި ގުޅިގެން ސަރުކަރުން ޢިއުލާން ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ އަމުރާއި ޚިލާފުވި މީހަކު ހއ. އަތޮޅުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރާއި ޚިލާފުވެގެން ހއ. އަތޮޅުން މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.

Ad
rt

ރިސޯޓެއްގައި މަސައްކަތް ކުރާ އެމީހާ ހައްޔަރުކުރީ ދަތުރުކުރަން މަނާކޮށްފައިވަނިކޮންކަމަށް ފުލުހުން ވަނީ ބުނެފައެވެ.