އެމެރިކާގައި އާދަޔާއި ހިލާފަށް ކޮވިޑް-19 ފެތުރެންފަށާއި 24 ގަޑިއިރުތެރޭގައި، 5,854 މީހުން މި ވައިރަސްއަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ އެމެރިކާގައި އެންމެ ގިނައިން މިބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

މި އަދަދުތަކާއެކު އެމެރިކައިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 19643 މީހުންނަށްވުރެ މައްޗަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 263 އަށް ވުރެ މައްޗަށް އަރާފައެވެ. ރަނގަޅުވި މީހުންގެ އަދަދަކީ 147 ކެވެ.

Ad
rt

އެންމެ ގަދަޔަށް މިވައިރަސް ފެތުރެމުންދާ ނިއުޔޯކުން މިހާތަނަށް ޖުމަލް 8403 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ވޮޝިންޓަންއިން 83 މީހަކު މަރުވެފައިވާއިރު އެންމެ ގިނަބަޔަކު ރަންގަޅު ވެފައިވަނީވެސް އެސިޓީން ނެވެ. އެއީ 124 މީހުންނެވެ. އެސިޓީއިން 1524 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ދެން އެންމެ ހަލުވު ކަމާއި އެކު ފެތުރެމުންދަނީ ކެލިފޯނިޔާގައެވެ. އެމެރިކާގެ 69 ސިޓީއަކަށް މިވައިރަސް މިހާރުވަނީ ފެތުރިފައެވެ.

އެމެރިކާ ސަރުކާރުން އެންމެ ފުރަތަމަ ކޮވިޑު-19 އެހާ ސީރިއަސްކޮށް ނުނަގައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ އެއީ އާދައިގެ ރޯގާއެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެ ވައިރަސް ފެތުރެން ފެށުމުން އެމެރިކާއިން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި މި ބަލީގައި މިހާރު އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިޓަލީންނެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ ވެސް އިޓަލީގައި ކަމަށްވާއިރު، އެގައުމު މިހާރު އޮތީ ލޮކްޑައުންގެ ހާލަތުގައެވެ. އަދި ލޮކްޑައުންގެ ހާލަތު އިތުރަށް ދަންމާލަން އެގައުމުގެ ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.