ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް މިވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސް އެއް މިވަނީ މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކުރުވާފައޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ.

މިވައިރަސްގެ ސަބަބުން އެނގިގެން މިދިޔައީ އަހަރެމެން ވަށައިގެން މިވާ ހުރިހާ އެއްޗަކީ ވަގުތީ އެއްޗެހިކަމެވެ. ބޮޑު ކަމެއް ދިމާވެއްޖެނަ ދުނިޔެވީ ޒީނަތްތެރިކަން މިއީ އެއްވެސް ބޭނުމެއް ހިފޭނެ އެއްޗެއް ނޫންކަން މިވަނީ ހާމަވެފައެވެ.

Ad
rt

އާންމު ދިރިއުޅުން ފުރިހަމަ ކުރުމަށް ކުރަމުންއައި މަސައްކަތްތަކާއި، ފިހާރަތަކާއި، މޯލްތަކާއި، ސިނަމާތަކާއި އަދި ކެފޭތައް މިއީ މިއަދު އެއްވެސް މުހިންމު ކަމެއް ހުރި ކަންކަމަކަށް ނުވިއެވެ. މިހުރިހާ ކަމެއް މިއަދު މިވަނީ ވަގުތީ ގޮތުންނަމަވެސް އެއްފަރާތް ކުރަން މަޖުބޫރުވެފައެވެ.

ކޮވިޑް-19އިން މިއަދު އިންސާނުންނަށް ދަސްކޮށްދީފައި މިވަނީ ހުރިހާ ރައްކާތެރިކަމެއްވަނީ ތިމާގެ އަމިއްލަގޭގައި އާއިލާ ގާތުގަކަމެވެ. އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ރައްކާތެރި ކަމެއްވަނީ ތިމާގެ އާއިލާ ގާތުކަން މިވަނީ އަންގައިދީފައެވެ.

"ކޮވިޑް-19އިން މިއަދު އިންސާނުންނަށް ދަސްކޮށްދީފައި މިވަނީ ހުރިހާ ރައްކާތެރިކަމެއްވަނީ ތިމާގެ އަމިއްލަގޭގައި އާއިލާ ގާތުގަކަމެވެ. އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ރައްކާތެރި ކަމެއްވަނީ ތިމާގެ އާއިލާ ގާތުކަން މިވަނީ އަންގައިދީފައެވެ.
އަތުގައި ކިތަންމެ ފައިސާއެެއް ހުރި ކަމުގައިވިޔަސް ސިއްހަތެއް އަދި ދިރިއުޅުމެއް ނުގަނެވޭނެކަން މިވަނީ ހެކިކޮށްދީފައެވެ."

އަތުގައި ކިތަންމެ ފައިސާއެެއް ހުރި ކަމުގައިވިޔަސް ސިއްހަތެއް އަދި ދިރިއުޅުމެއް ނުގަނެވޭނެކަން މިވަނީ ހެކިކޮށްދީފައެވެ.

ފަހަށް ރައްކާ ކުރުމާއި، އެކަކު އަނެކަކު އަޅާލައި އޯގާތެރިވުމުގެ މުހިންމުކަން މިވަނީ ހާމަވެފައެވެ. ހެޔޮނަތީޖާ ނެރެވޭނީ މުޖުތަމައުގެ އެއްބައިވަންތަކަމާއި އެކަތިގަނޑަކަށްވެ ކުރާމަސައްކަތުންކަން މިވަނީ ސާބިތުވެފައެވެ.

އެސްފިޔަ ޖަހާލާހާ ވަގުތު ކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ބަދަލުވެގެން ގޮސްފާނެކަން މިވަނީ ހެކި ކޮށްދީފައެވެ. އިންސާނާގެ ނިކަމެތިކަން މިވަނީ ހާމަވެފައެވެ.
ދުނިޔޭގެ ޒީނަތްތެރިކަމަކީ މިދުނިޔެމަތީގައި އެއްވެސް ފައިދާއެއް ހުރިއެޗަކަށް މިއަދުނުވިއެވެ.

"އެސްފިޔަ ޖަހާލާހާ ވަގުތު ކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ބަދަލުވެގެން ގޮސްފާނެކަން މިވަނީ ހެކި ކޮށްދީފައެވެ. އިންސާނާގެ ނިކަމެތިކަން މިވަނީ ހާމަވެފައެވެ.
ދުނިޔޭގެ ޒީނަތްތެރިކަމަކީ މިދުނިޔެމަތީގައި އެއްވެސް ފައިދާއެއް ހުރިއެޗަކަށް މިއަދުނުވިއެވެ."

ހެޔޮ ސިއްހަތާއި، އެއްބައިވަންތަކަމާއި، ވަގުތުގެ މުހިންމުކަން މިއަދު ދުނިޔެއަށް މިވަނީ ދަސްވެފައެވެ. އެންމެ މުހިންމުކަމަކަށް ސާބިތުވެފައިމިވަނީ އިންސާނާ ހެއްދެވި އެއްކައުވަންތަ އިލާހުގެ ކުޅަދުންވަންތަކެމެވެ.

ޓެކްނޮޖީއާއި އެތައް ގޮތަކުން ދުނިޔެ ކުރިއަރައިގެން ދިޔަކަމުގައިވިޔަސް މުޅިދުނިިޔެ ހުއްޓުމަކަށް ގެނެވޭނެ ފަދަ ކުޅަދުންވަންތަ އިލާހަކީ ހަމައެކަނި އިންސާނާ ހެއްދެވިފަރާތެވެ. އެހެންކަމުން ވަގުތު ފާއިތު ވުމުގެ ކުރިން ތިމާއަށް ލިބިފައިވާ ދިރިއުޅުމުގެ ނިޢުމަތަށް ހަމްދުކޮށް ޝުކުރުވެރިވާ ހާލުގައި އާޚިރަތަށް މަސައްކަތް ކުރާށެވެ.