އެސްޓީއޯ އިން ތެލުގެ އަގު ބޮޑުތަނުން ހެޔޮކޮށްފި

8956BA7A-0D6B-4B8D-ACC0-C032DA0EB6FA

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވަމުން ދިއުމާ އެކު އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ހެޔޮކުރަން އެ ކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިރެއިން ފެށިގެން ޑީސަލް ލީޓަރަކުން 1.68ރ. އަދި ޕެޓްރޯލް ލީޓަރަކުން 1.53ރ. ހެޔޮ ވާނެ އެވެ. މި ބަދަލާ އެކު، ޑީސަލް ލީޓަރެއް މިހާރު ލިބެން ހުންނާނީ 8.71ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 8.07ރ. އަށެވެ.

މިއީ މި އަހަރު އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރާ ތިން ވަނަ ފަހަރެވެ. އެސްޓީއޯ އިން ވަނީ މި މަހުގެ ކުރީކޮޅު ވެސް ތެލުގެ އަގު ހެޔޮކޮށްފަ އެވެ.

އެސްޓީއޯ އިން ހާމަކުރި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މިބަދަލުގެ ސަބަބުން ލުޔެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެ އެވެ.
ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން އަންނަ އިގްތިސާދީ ފިޔަވަޅުތަަކުގެ ތެރޭގައި އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮކުރުން ވެސް ހިމެނޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ވެސް، ކުރިއަށް އޮތް ދެ މަހުގެ ކަރަންޓް ބިލުން 40 އިންސައްތަ އަދި ފެން ބިލުން 30 އިންސައްތަ ހިލޭ ކޮށްދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި