ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.
މިއަދު ކުރިއަށް ގެންދިޔަ އެ ކޮމެޓީގެ ބައްދަލުވުމުގައި، މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވަނީ މެނަބަރުންގެ މުސާރަ ދެމަސް ދުވަހަށް އުނިކުރާށެވެ.
ހަތް މެންބަރުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކުރަން ހަ މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
އިގުތިސޯދީ ގެއްލުން ކުޑަކުރުމަށް ސަރުކާރާއި ކުންފުނިތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އެމްޕީއެލްގެ އިސްވެރިންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން އެކުންފުނިންވެސް މިއަދުވަނީ ނިންމާފައެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިގޮތަށް ނިންމިއިރު ސަރުކާރުންވަނީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރާތައް ވެސް 20 އިންސައްތަ ކުޑަކުރުމަށް ނިންމާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!