އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގ އާއި ބެހޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދުތައް ހިއްސާކޮށްލާނަމެވެ. އެޗްޕީއޭއިން ނެރެފައިވާ މި އިރުޝާދުގައި އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގ އަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ.

އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގ އަކީ ބަލިތައްފެތުރުން ކޮންޓުރޯލު ކުރުމަށްޓަކައި އެކަކު އަނެކަކާއި އެކަށީގެންވާ ދުރުމިނެއްގައި އުޅުމެވެ. ތިމާއާއި އެހެން މީހުންނާ ދޭތެރޭ 6 ފޫޓް، މަދުވެގެން 3 ފޫޓުގެ ދުރުމިނެއް ބެހެއްޓުމުން ތިމާ ކޯވިޑް-19 އަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ. މިގޮތުން ގިނަ މީހުން އެއްވެއުޅުން މަދުކުރުމަށް ޕާކުތަކާއި ބައެއް ތަންތަން ބަންދުކުރުމާއި، ހަފުލާތައް ނުބޭއްވުން ހިމެނެއެވެ. އަދި މިފަދަ ޙާލަތެއްގައި ކުރެވިދާނެ ކަންތައްތަކަކީ ގޭގައި އޮފީހުގެ މަސައްކަތްކުރުން ސްކޫލު ތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގާތްތިމާގެ މީހުންނަށާއި، ރަހުމަތްތެރިންނަށް ވީޑިއޯގެ ޒަރިއްޢާއިން ވާހަކަ ދެއްކުން ހިމެނެއެވެ.

Ad
rt

ރައްކާތެރި ކަންކަން:

  • މީހުން ގިނަ ނޫންތަނެއްގައި ހިނގާލުން ދުއްވާލަން ދިއުން
  • ގަސް އިންދުމާއި ގެތެރޭގެ މަސައްކަތްކުރުން
  • ގޭތެރެ ސާފުކުރުން/ކެއްކުން ފަދަ މަސައްކަތްކުރުން
  • ގޭތެރޭގައި ކުޅެވޭ ކަހަލަ ބޯޑް ގޭމްސް ނުވަތަ އެހެން ކަހަލަ ހަރަކާތެއްގައި އާއިލާ އެއްކޮށް ބައިވެރިވުން
  • ގޭގައި ފިލްމެއް ބަލާލުން ނުވަތަ ލަވަ އަޑުއެހުން
  • ފޮތެއް ކިޔާލުން
  • ރަހުމަތްތެރިންނާއި ވީޑިއޯގެ ޒަރީއާއިން ވާހަކަ ދެއްކުން

ފަރުވާތެރި ވާންވީ ކަންކަން:

  • ކެޕޭ/ރެސްޓޯރަންޓްތަކަށް ދިޔުން
  • ފިހާރަތަކަށް ދިޔުން
  • ކުލިނިކު ބޭސްފިހާރަތަކަށް ދިޔުން
  • މިސްކިތަށް ދިޔުން
  • ދަތުރުފަތުރު ކުރުން
  • ކުޅިވަރުކުޅޭ ތަންތަނަށް ދިޔުން

ނުކުރަންވީ ކަންތައް:

  • ގިނަ މީހުން އެއްވެ އުޅުން މިގޮތުން (ސިނަމާޝޯތައް)، ހަފުލާތައް ބޭއްވުން
  • ގިނަ ކުދިން އެއްކޮށްގެން ކުޅިވަރުތައް ކުޅުން
  • ގިނަ މީހުން ޖަމާވާ މާރުކޭޓު، ފިހާރަތައް ފަދަ ތަންތަނަށް ކޮންމެހެންދާންޖެހޭ ޙާލަތެއްގައި މެނުވީ ދިޔުން
  • ޖިމް ނުވަތަ ކަސްރަތުކުރާ ތަންތަނަށް ދިޔުން
  • ގޭގެއަށް ޒިޔާރަތްކުރުން
  • އިޖްތިމާޢީ ކުޅިވަރުތައް (ދުވުންބައިސްކަލުދުއްވުން ފަދަ ޙަރަކާތްތައް ބޭއްވުން
  • ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި މެނުވީ މަސައްކަތްތެރިން ގެއަށް ގެނައުން