ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ފަތުރުވެރިން ގެނައުން މަނާ ކޮށްފިއެވެ.

މިކަން އިއުލާނުކުރީ ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

Ad
rt

ރާއްޖޭގެ އެއްވެސް ގެސްޓް ހައުސްއަކަށް ޓުރިސްޓުން އައުން މަނާކުރީ މިއަދު ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެންނެވެ.

ހުރިހާ ޓޫރިސްޓު ގެސްޓުހައުސް ތަކާއި ސިޓީ ހޮޓާތައް ގެސްޓުންއައުން ސަރުކާރުން މަނާކުރި އިރު، މާލޭ ސަރަހައްދުގެ ހުރިހާ ގެސްޓުހައުސްތައް ބަންދުކުރަން މީގެ ކުރީން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ރިސޯޓުތަކުގައި ތިބި ޓޫރިސްޓުން ވެސް މީހުން ދިރިއުޅޭ ރަށްރަށަށް އަދި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭން ފެނިފައި ވާއިރު އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.