•  
  •  
  •  
  •  
  •  
  •  
  •  

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް އަށް ސްޕޭންގެ ވެލެންސިއާގެ ސްކޮޑުގެ ގިނަ ކުޅުންތެރިންތަކެއް ޕޮޒިޓިވްވެއްޖެ އެވެ.

ވެލެންސިއާ އިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އެޓަލާންޓާއާއި އެކު މެޗް ކުޅުމަށް މިދިޔަ ފެބްރުއަރީ މަހުގެ 20 ދުވަހު އިޓަލީގެ މިލާނަށް ދަތުރުކޮށްފައެވެ. އޭގެ ފަހުން މި މަހުގެ 11 ވަނަ ދުވަހު އެޓަލާންޓާ އިން ވަނީ ވެލެންސިއާއާ ދެކޮޅަށް ކުޅެން ސްޕެއިނަށް ގޮސްފައެވެ. އޭގެ ފަހުން އެޓަލާންޓާ ސްކޮޑުވެސް މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ވެލެންސިއާގެ ސްކޮޑުގެ 35 އިންސައްތަވަނީ މިވައިރަހަށް ޕޮޒިޓިވްވެފައެވެ. އެ ހުރިހާ ކުޅުންތެރިންނެއްގެ ނަންތައް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އެޓީމުގެ ހޯސޭ ގާޔާ އާއި އެޒެކިއުލް ގަރާއީ އަދި އެލިއަކުއިން މަންގާލާ މި ވައިރަހަށް ޕޮޒޓިވްވެފައިވާ ކަމަށް މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ. އެޓީމުގެ ކުޅުންތެރިންގެ އިތުރަށް ބައެއް ސްޓާފުންވެސް މި ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

މިވައިރަސް ޖެހިގެން ސްޕެއިންގެ މަލާގާގެ ޔޫތު ޓީމަކަށް ކޯޗުކޮށްދެމުން އައި ސްޕެއިންގެ ޒުވާން ފުޓްބޯޅަ ކޯޗެއް ކަމަށްވާ އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ގާސިއާ ވަނީ މަރުވެފައެވެ. ފްރެންސިސްކޯ ގާސިއާ މަރުވިއިރު، އޭގެ ކުރިން އޭނާއަށް ވަނީ ކެންސަރުވެސް ޖެހިފައެވެ. އެހެންކަމުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމާއެކު އޭނާގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ.

ވެލެންސިއާގެ ގިނަ ކުޅުންތެރިންތަކެއް މިވައިރަސްއަށް ޕޮޒިޓިވްވި އިރު މިވައިރަސްވަނީ ސްޕެއިންގެ 9942 މީހުންނަށް ޖެހިފައެވެ. މިވައިރަސްގެ ސަބަބުން އެ ޤައުމުގެ 342 މީހުންވަނީ މަރުވެފައެވެ.

 

ޚިޔާލު

Your email address will not be published.