މެމްބަރުންގެ މުސާރައިގެ ވިހި އިންސައްތަ ކުޑަކުރުމަށް މަޖިލީހަށް ހުށަހަޅަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްއިން ފާސްކޮށްފި އެވެ.

ކޮރޯނާ ވައިރަސް އިން އިގްތިސާދަށް އަންނާނެ ލޮމުކަމުން ސަލާމަތް ކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކައް އެއްބާރުލުން ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ ވިހި އިން ސައްތަ ކުޑަކުރުމަށް މަޖިލީހަށް ހުށަހެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕްއިން ފާސްކޮށްފި އެވެ.

Ad
rt

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ އިން 20 ޕަސަންޓު އުނިކޮށް ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މެދުވެރި ކުރައްވައި މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅުއްވައި ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.