ރިސޯޓުތަކުން އެހެން ރަށްރަށަށް ދަތުރުކުރުން މިއަދުން ފެށިގެން 14 ދުވަހަށް ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ކޮރޯނާވައިރަސް (ކޯވިޑު-19) ބަލި އިން ރައްކާތެރިކުރުމަށް ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް
ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން ރިސޯޓުތަކުން ރާއްޖޭގެ މީހުންދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން މިއަދުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގައިފިއެވެ.

Ad
rt

އެޗްޕީއޭއިން މިގޮތަށް އެންގީ މިއަދު ނެރުނު ބަޔާނެއްގައެވެ.