މިހާރު ރާއްޖެއިންވެސް ފެނިފައިވާ، ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ހދ. އަތޮޅު ރައްޔިތުން ގުޅުމަށް ޚާއްސަ އެމެޖެންސީ ނަމްބަރެއް ތަޢާރަފް ކޮށްފިއެވެ.
" 7606688، ހދ. ރައްޔިތުންނަށް ޚާއްސަ އިމަޖެންސީ ހޮަޓްލައިން "
ހދ. އަތޮޅުގެ އެއްވެސް ރަށަކުން ކޮވިޑް-19 ޝައްކު ކުރެވޭ ފަރާތެއް ނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ހޮސްޕިޓަލްގެ އިމަޖެންސީ ހޮަޓްލައިން ނަމްބަރު އަށް ގުޅުމަށާއި، އަދި އެނަމްބަރުންދޭ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރުމަށް އެދޭކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާންމު ކޮށްފައިވާ މެސެޖެއްގައި ވެއެވެ.

ކުޅުދުއްފުށީ ސިޓީގައި ހުންނަ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ވަނީ އެ ހޮސްޕިޓަލްގައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މެދު ކަނޑާލާފައި ވާކަންވެސް އާންމުކޮށް ޢިއުލާން ކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 9 މީހަކު ޕޮޒިޓިވް ވެފައިއެވެ. އެ އެންމެންނަކީވެސް ބޭރު ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
އާދޭހެވެ! ފަރުދީ ޒިންމާ އަދާ ކުރުމަކީ ބަލި ފެތުރުނަ ނުދިނުމަށް ވަރަށް މުހިއްމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!