މިހާރު ކުރިމަތިވެގެން އުޅޭ ކޮވިޑް-19 ވައިރަހުގެ މުސީބާތާއި ގުޅޭގޮތުން ތަކުރާރުކޮށް ހޭލުންތެރިކުރުމާއި ސަމާލުވުމަށް އެދި ޓުވީޓު ކުރައްވަމުން އަންނަ ޑރ. އަޙްމަދު ފައިސަލް މިއަދުވަނީ ތަކުރާރުކޮން އެތަކެއް ޓްވީޓެއް ކުރައްވާފަ އެވެ.
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް 19 އަކީ ދުނިޔެއަށް ފެތުރިދާނެ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައި ކުރެއްވި ޓުވީޓުތައް ހިމަނުއްވާ ޑރ ފައިސަލް ވަނީ ތަފާތު މެސެޖުތަކެއް ދެއްވާފައެވެ.
ޑަބްލިއުއެޗްއޯގެ ޓުވީޓެއް ހިމަނުއްވާ ލިޔެފައިވާ ބަސްކޮޅު ހިއްސާ ކޮށްލާނަމެވެ.
ބިރު ނުގަންނާތި، އެކަމަކު ބުނަންއޮތީ.. ކުރިއަށް އޮތްދުވަސްތަކުގައި މި ވައިރަހުން މަރުވާމީހުންނާ ބަލިޖެހޭ މީހުން އިތުރު ގައުމުތަކުން ފެންނާނެ، އައިސީއޫ ސެޓަޕް؛ މެޝިންތައް؛ މަސައްކަތްކުރަންތިބި މީހުންގެ ޢަދަދު ؛ ހުރިހާއެއްޗެއް ހުސްވާނެތަން ވަރަށްގާތް
ބިރު ނުގަންނާތި، އެކަމަކު ބުނަންއޮތީ
ކުރިއަށް އޮތްދުވަސްތަކުގައި މި ވައިރަހުން މަރުވާމީހުންނާ ބަލިޖެހޭ މީހުން އިތުރު ގައުމުތަކުން ފެންނާނެ
އައިސީއޫ ސެޓަޕް؛ މެޝިންތައް؛ މަސައްކަތްކުރަންތިބި މީހުންގެ ޢަދަދު ؛ ހުރިހާއެއްޗެއް ހުސްވާނެތަން ވަރަށްގާތް https://t.co/tjcnf1pCCb— Ahmed Faisal (@Faisalnaifaru) March 11, 2020
މީގެ އިތުރުން ފައިސަލް ވަނީ އިތުރު ޓުވީޓޫ ތަކެއްވެސް ކުރައްވާފައެވެ. އެގޮތުން ތިރީގައި މަޢުލޫމާތައްޓަކަައި މިޓުވީޓޫތައް ހިމަނާލާނަމެވެ.
"ތިމާ އަމިއްލައަށް ތިމާއަކީ ކިހާވަރެއްގެ ނުރައްކަލެއް އޮތް މީހެއްތޯ އަމިއްލައަށް ބަލާލުން ވަރަށް މުހިންމު. އެކަންތައްތަކަށް ފޮޔަވަޅުއަޅާ އަދި އެހެންމީހުންނަށް އެހީތެރެވެދޭން ، އެހެންމީހުން ސަލާމަތްކުރަން ތިމާއަށް ކުރެވޭނީ ކޮންކަމެއްތޯ ބަލާ އެކަންތައްތައް ކުރޭ " ޑރ މާރިއާ
"ތިމާ އަމިއްލައަށް ތިމާއަކީ ކިހާވަރެއްގެ ނުރައްކަލެއް އޮތް މީހެއްތޯ އަމިއްލައަށް ބަލާލުން ވަރަށް މުހިންމު. އެކަންތައްތަކަށް ފޮޔަވަޅުއަޅާ
އަދި އެހެންމީހުންނަށް އެހީތެރެވެދޭން ، އެހެންމީހުން ސަލާމަތްކުރަން ތިމާއަށް ކުރެވޭނީ ކޮންކަމެއްތޯ ބަލާ އެކަންތައްތައް ކުރޭ "
ޑރ މާރިއާ— Ahmed Faisal (@Faisalnaifaru) March 11, 2020
މިހާރުވެސް ގިނަ ހޮސްޕިޓަލްތައް އެއޮންނަނީ %99 ފުރިފައި. (އިތުރު އެނދެއް ޖަހާލާނެތަންކޮޅެއްވެސް ނޯންނާނެ) އެހެންވީމާ މީ ވަރަށް އުނދަގޫ ދުވަސްކޮޅެއް. މިކަމުން ޢިބުރަތްލިބި އެ ހާލަތް ގަބޫލުކޮށް އިތުރަށް މަސައްކަތްތަކެއް ކުރަންޖެހޭ ޑރ. މައިކަލް
މިހާރު ތިކުރައްވާގޮތަށް މަސައްކަތް ކުރައްވާ!
އެކަމަކު މިހާރު ހަމައެކަނި ވެރިކަން ކުރާރަށުގައި ހުރިހާކަމެއް ކުރުމަށް ރޭވުމަށްވުރެ އެހެންތަންތަނުގައިވެސް މިކަމަށް ފަރުވާދެވޭނެގޮތްތަކެއް ހެދުން މުހިންމު" -ޑރ މައިކަލް-
މީގެ އިތުރުން ކުރެއްވި ޓުވީޓެއްގައި ޑރ ފައިސަލް ބުނެފައިވެއެވެ.
މިހާރު ޑަބްލިއުއެޗްއޯގެ ނޫސްކޮންފަރެންއެއްގެ ތަރުޖަމާގެ އިތުރުންވަނީ ސުވާލެއް އުފައްދަވާ ފައެވެ. އެގޮތުން ބުނެފައިވަނީ މިތަނުން ރާއްޖޭގައި އޮތީ ކޮންއެއްޗެއް؟ ރަނގަޅު ކުރަން ޖެހެނީ ކޮންބައެއް؟
އިތުރަށް ބަލި ނުފެތުރޭނެގޮތްތަށް ހެދުން
ތައްޔާރަށް ތިބުން (ފަރުވާދިނުމަށް ބޭނުންވާވަރަށް ތަކެތި)
ޢާއްމު ސިއްހަތުގެބައި
ސިޔާސީއެއްބާރުލުން
ޢާއްމުން
މިތަނުން ރާއްޖޭގައި އޮތީ ކޮންއެއްޗެއް؟ ރަނގަޅު ކުރަން ޖެހެނީ ކޮންބައެއް؟
އިތުރަށް ބަލި ނުފެތުރޭނެގޮތްތަށް ހެދުން
ތައްޔާރަށް ތިބުން (ފަރުވާދިނުމަށް ބޭނުންވާވަރަށް ތަކެތި)
ޢާއްމު ސިއްހަތުގެބައި
ސިޔާސީއެއްބާރުލުން
ޢާއްމުން https://t.co/XX4Fgve9K3— Ahmed Faisal (@Faisalnaifaru) March 11, 2020
މިއީ މީގެ ބައިގަޑީ އިރު ކުރިން ފުލު ފުލުގައި ފައިސަލް ކުރައްވާފައިވާ ޓުވިޓުތަކެކެވެ. އަދިވެސް އިތުރު ޓޫވީޓެއްގައި ފައިސަލް ބުނެފައިވަނީ ދިރާސާތަކަށް ބަލާއިރު ތަންތަނުގައި ކޮރޯނާ ވައިރަސް 9 ދުވަސްދެން ހަރުލާ ހުރެދާނެކަމަށާއި ސާފުކުރަން އުނގުޅާއެއްޗެހި (އެތަނޯލް، ހައިޕޮކޮލޮރައިޑް، ގުލޫޓެރަދިއަލްޑިހައިޑް) މަދުވެގެން 30 ސިކުންތު އިރު ވާގައި ހިއްކަން ބަހައްޓަންޖެހޭނެކަމަށެވެ.
ކޮވިޑް-19 އަށް "ޕެންޑެމިކް" އެއް ކަން އިއުލާން ކުރީ ޑަބްލިއުއެޗްއޯ އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯ އިން ބުނީ ކޮވިޑް-19 އަށް ޕެންޑެމިކް އެއް ކަމަށް ކަނޑައަޅާފައި ވާއިރު މިހާރު ބަލި އޮތް ހާލަތުން ގައުމުތަކުން އަޅައިނުލައި ދޫކޮށްލައިފިނަމަ ބޮޑެތި ގެއްލުންތަކެއްވެ އެތައް ބަޔަކު މަރުވެގެން ދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!