ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރުމުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް އިލެކްޝަން ކޮމިޝަނަށް ނެތްކަމަށާއި، ރާއްޖޭގައި އިންތިޚާބު ފަސްކުރަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ކޮމިޝަންގެ މެމްބަރުންނަށް ޤަބޫލުނުކުރެވޭކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ގާނޫނުގައި ކަނޑައެޅިފައި އޮންނަ ތާރީހަށް ވުރެ އިންތިޚާބު ލަސް ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ.
އެ ބައްދަވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް އިތުރަށް ވިދާޅުވީ ޤާނޫނީ ގޮތުން އިންތިޚާބްތައް ބޭއްވުމަށް ވަކި މުއްދަތުތަކެއް އިލެކްޝަން ކޮމިޝަނަށް މަތިކޮށްފައިވާކަމަށެވެ. ޤާނޫނުގައި ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވުމަކީ އިލެކްޝަން ކޮމިޝަންގެ ޤާނޫނީ ޒިންމާއެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
"ކޮމިޝަންގެ މެންބަރުންނަށް އިއްތިފާގު އެބަވޭ އަދި ރާއްޖެއަކަށް [އިންތިހާބު ލަސް ކުރަން] ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ޖެހޭ ހާލަތެއް ނާންނަ ކަމަށް،"
ކޯވިޑް-19 އާއި ގުޅިގެން އިންތިޚާބު ފަސްކުރުމަށް އަމާޒުކުރެވޭ ސުވާލުތަކާ ގުޅިގެން ޝަރީފް ވިދާޅުވީ އިންތިޚާބް ފަސްކުރެވޭނެ އޮތް ހާލަތަކީ ކޯޓުން އެފަދަ އަމުރެއް ކުރުމުންކަމަށެވެ. އަދި ކޮމިޝަނަށްވެސް އެއަމުރަށް އެދުމުގެ ފުރުސަތުއޮތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އަދި ރާއްޖޭގައި އިންތިޚާބު ފަސްކުރަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ކޮމިޝަންގެ މެމްބަރުންނަށް ޤަބޫލުނުކުރެވޭކަމަށް ޝަރީފް ވިދާޅުވިއެވެ.
"ކޮމިޝަންގެ މެންބަރުންނަށް އިއްތިފާގު އެބަވޭ އަދި ރާއްޖެއަކަށް [އިންތިހާބު ލަސް ކުރަން] ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ޖެހޭ ހާލަތެއް ނާންނަ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.
އިންތިހާބު ލަސްކޮށްފި ނަމަ ދައުލަތުން ކުރަން ޖެހޭ ހަރަދު ބޮޑުވާނެ ކަމަށާއި އެގޮތުން އިތުރަށް 30 މިލިއަން ރުފިޔާ އިންތިހާބަށް ހަރަދު ކުރަން ޖެހިދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަމަހުގެ 4 ވަނަ ދުވަހުއެވެ.
ކުރަމަތި އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ބިދޭސީ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން އެވައިރަސް ޖެހުނު މީހުންގެ އަދަދު، އަށަކަށް އަރާފައިވާކަމަށް އެޗްޕީއޭއިން މިއަދުވަނީ ހާމަކޮށްފައެވެ. އެ 8 މީހުންނަކީވެސް ބޭރު ޤައުމުތަކުގެ މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނީ ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އއ. ސޭންޑީސް ބަތަލާ އިން ދެ ފަތުރުވެރިއަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.
ރާއްޖޭގައި މިވަގުތު ލޮކްޑައިން ކޮށްފައި އޮތީ ތިން ރިސޯޓެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!