ހިނަންވަރުގައި މީހަކު އެކަހެރިކޮށްފި

ކޮވިޑް-19 އަށް ޝައްކުވެގެން ޅ. ހިންނަވަރުގައި އެކަހެރިކޮށްފައި މީހަކު އެބަހުރި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. އެމީހާގެ ސާންޕަލް މިއަދު ނަގަންވަނީ ނިންމާފައެވެ.

Ad
rt

ފޯކައިދޫގައި 9 މީހެއް އެކަހެރިކޮށްފައި، އެކަކު ކަރަންޓީނަށް

ށ. ފޯކައިދޫގައި ނުވަ މީހަކު ސެލްފް އައިސޮލޭޝަންގައި ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް މިއަދު ގެންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޕޮޒިޓިވްވި އިޓަލީމީހާ މާލޭގައި ހުރި، 16 މީހަކު އެކަހެރިކޮށްފި

ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު ދިޔަތަނުން ބައްޔަށް ޕޮޒިޓިވްވި އިޓަލީ މީހާ، ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އޭނާއާ ކޮންޓެކްޓުވި 16 މީހަކު އެކަހެރިކޮށްފައިވާ ކަމަށް، ސަރުކާރުން ހާމަކޮށްފި އެވެ.

ކޮވިޑް-19 އާއިގުޅޭގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާލަތާއި ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ އުޅުނު ގޮތްތައް ބެލިއިރު، ފުރަންގޮސް، ނުފުރުމުން މާގިރި ހޮޓަލްގައި މަޑުކުރިކަމަށެވެ. އޭނާ މާލޭގައި މަޑުކޮށްފަިއވަނީ 2 ދުވަހަށެވެ. އަދި އެޔަށްފަހު ޔުނިވަރސަލްގެ ޓިކެޓިންގ އޮފީހަށް ގޮސްފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ އޭގެތެރެއިން ޔުނިވަރސަލް ޓިކެޓިން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު ބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވާކަމަށެވެ.

ކޮރޯނާއަށް ޕޮޒިޓިވްވި 4 މީހުންވެސް ހާލު ރަނގަޅު

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވިއެވެ.