ހއ. އުތީމު ގަނޑުވަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ބުނެފައިވަނީ ރައްކާތެރިމުގެ ފިޔަވަަޅެއްގެ ގޮތުން މިއަދުން ފެށިގެން ހއ. އުތީމު ގަނޑުވަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލާފައިވާ ކަމަށެވެ.

Ad
rt

އެކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭކަމަށްވެސް އެމަރުކަޒުން ބުނެފައިވެއެވެ.

އުތީމު ގަނޑުވަރަކީ ގިނަ އަދަދެއްގެ ދިވެހިންނާއި، ފަތުރުވެރިންވެސް ޒިޔާރަތްކުރާ މަރުކަޒެކެވެ. ޚާއްސަކޮށް ސްކޫލް ބަންދުތަކުގައި ގިނަ ރަށްތަކަކުން އެގަނޑުވަރަށް ޒިޔާރަތް ކުރެއެވެ. މިދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރެކެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުންނާއި، ކައުންސިލްތަކުންނާއި އެކި ފަރާތްތަކުންދަނީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅެއް އަޅަމުންނެވެ.

ރާއްޖެއިން މިހާތަނަށް 4 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެ ހަތަރު މީހުންނަކީވެސް ރާއްޖެއިން ބޭރު ޤައުމުތަކުގެ މީހުންނެވެ.