އއ. ބަތަލާ ރިސޯޓުގެ ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޝައްކުވެގެން ޓެސްޓު ކުރި 3 މީހުން ތެރެއިން 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

Ad
rt

އެދެމީހުންނަކީ ރާއްޖެއިން ބޭރު ދެމީހުންކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު އެޔަކީ ފަތުރުވެރިންކަމެއް، އެރިސޯޓުގެ މުވައްޒަފުންކަމެއް އަދި ބުނެފައެއް ނުވެއެވެ.

ށ. ފޯކައިދޫގައި ހުރި ދިވެއްސެއް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިރޭ އެޗްޕީއޭ އިން ކުރިން ވަނީ ބުނެފައެވެ.

މިރޭ ބަތަލާ ރިސޯޓުން ދެމީހުން ޕޮޒިޓިވް ވުމުން ރާއްޖެއިން ޖުމްލަ 4 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވީއެވެ.