ފެނަކައިގެ ހުރިހާ ބްރާންޗަކާއި ހެޑްއޮފީހުގައި ކްލީނިންގ ޑޭއެއް ފާހަގަ ކުރަން އެކުންފުނިން ނިންމައިފިއެވެ.
ފެނަކަ ކޯޕަރޭޝަންއިންބުނީ މިއިވެންޓަކީ އެކޯޕަރޭޝަންގެ ހެޑް އޮފީހާއި ހުރިހާ ބްރާންޗްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދެވޭ ޙަރަކާތެއްކަމަށެވެ. އެގޮތުން ފެނަކަ ހެޑް އޮފީހާއި، އަތޮޅުތެރޭގައި ހުރި ޖުމްލަ 154 ބްރާންޗްގެ މުވައްޒަފުން މިޙަރަކާތުގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން، މިޙަރަކާތް ހިންގުމަށް ރޭވިފައިވަނީ 14 މާރޗް 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 ން މެންދުރުފަހު 16:00 އާ ދެމެދުއެވެ.
މިޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުންފުނިން ޚިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތްކުރަމުންދާ މާޙައުލަކީ ސާފުޠާހިރު، އަދި އެތަންތަނުގައި ކޮންމެހެން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރުކުރުން ކަމަށް އެފަރާތުން ހާމަކުރެއެވެ.
އެގޮތުން، ފެނަކައަކީ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެމުންއަންނަ ކުންފުންޏެއްކަމުގައިވާތީ، މިކުންފުނީގެ ޚިދުމަތްދޭ ބްރާންޗްތަކަކީ އެރަށެއްގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުންނާއި އަދި ހަމައެފަދައިން އެޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ އެކުންފުނީގެ ހީވާގި މުވައްޒަފުންނަށް ރައްކާތެރި އަދި މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ފެންވަރުގެ ތަންތަންކަމުގައި ދެމެހެއްޓުމަކީ އެކުންފުނީގެ އަމާޒެއްކަމަށް ބުނެފައިވެއެވެ.
މިޙަރަކާތުގެ ތެރެއިން ކުރުމަށް ރޭވިފައިހުރި ކަންކަމުގެ ތެރެއިން މައިގަނޑު ކަންކަން އަދި އެކަންކަމުގެ ބައެއް ތަފްސީލް:
- އިލެކްޓްރިކަލް ސޭފްޓީ
- ގުދަންކުރުން
- ކެމިކަލް ސްޓޯރޭޖް އަދި ސޭފްޓީ
- ކޮމްޕްރެސްޑް އެއަރ އަދި ކޮމްޕްރެސްޑް ގޭސަސް
- ފަޔަރ ޕްރިވެންޝަން
- ހަޒާރޑަސް ވޭސްޓް އާއި މެޓީރިއަލް ޑިސްޕޯސަލް އަދި ރިސައިކްލިންގ
- މެނުއަލްސް، ޓްރެއިނިންގްސް، އެސްއޯޕީސް،ސޭފްޓީ ޑާޓާ ޝީޓްސް
- ޖެނެރަލް ވޯރކް އެންވަޔަރަމެނެޓް އަދި އިންޑޯރ އެއަރ ކޮލިޓީ
- އިންޖީނުގޭގައި ކޭބަލްތައް ގެންގޮސްފައިވަނީ ރަނގަޅަށްތޯ ބަލައި، ކޭބަލްތަކުގެ އިންސިއުލޭޝަން ހަލާކުވެފައިނެތްކަން ޔަޤީންކުރުން.
- ތެޔޮ ރައްކާކޮށް ބެހެއްޓިފައިވަނީ އީ.ޕީ.އޭ ގެ ޤަވާޢިދާ އުސޫލުގެ ތެރެއިންތޯ ބެލުން.
- ކެމިކަލްތައް ރައްކާކުރެވިފައިހުރީ ރަނގަޅަށް ލޭބަލްކުރެވިފައިތޯ، އަދި މުއްދަތު ހަމަވެފައިހުރި ތަކެތި އުކާލެވިފައިވެތޯ ބެލުން.
- ވިހަ އަދި ހުޅުހިފާ ޒާތުގެ އެއްޗެހި އަޅާ ކުނިވަށި ހުރީ ވަކިން ފާހަގަ ކުރެވި ހުއްދަދެވިފައިތޯ ބެލުން.
- ވިހަ އަދި ހުޅުހިފާ ޒާތުގެ ނައްތާލަންޖެހޭ ކެމިކަލްސް ހިފާގެންގުޅެނީ ރަނގަޅަށްތޯ ބެލުން އަދި ގޭސް ސިލިންޑަރުތައް ރައްކާކުރެވިފައިހުރީ ގަދަ ހޫނާއި، އަލިފާނާއި ދުރުގައިތޯ ބެލުން.
- ގުދަންކުރެވިފައިވާ ތަކެތި ހުރީ މަސައްކަތްކުރާ މީހުންނާއި އެއްޗެހި ދައުރުކުރުމަށް ހުރަސް ނޭޅޭގޮތަށް އަދި ވަކިވަކިން ރައްކާކުރެވިފައިތޯ ބެލުން.
- ހުޅުރޯވާ އަދި ގޮވާތަކެތި ހުރީ "ހުޅުރޯވާ" ނިޝާން ޖަހާފައިތޯ އަދި އެތަކެތި ރައްކާކުރެވިފައިހުރީ ސޭފްޓީ ކޭންސް ގައިތޯ އާއި، ބެހެއްޓިފައިހުރީ ހަމައެކަނި އެވަގުތު މަސައްކަތްކުރަން ބޭނުންވާ މިންވަރަށްތޯ ބެލުން.
- އެޗް.އައި.ޑީ އަދި މާރކިއުރީ ވޭޕާރ ލޭމްޕްސް ފަދަ ހަޒާރޑަސް ވޭސްޓް ރަނގަޅަށް ރީސައިކަލް ކުރެވިފައިވޭތޯ ބެލުން.
- ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރއާއި ސޭފްޓީ ޑާޓާ ޝީޓް ވަގުތުން ލިބެންހުރިތޯ ބެލުން.
ތިމާވެށި ހިމާޔަތްކުރުމަކީ ޤައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ޚާއްޞަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެއްކަމަށާއި ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެއްކަމަށް ފެނަކައިން ވަނީ ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!