ލޯންޗު ފެރީ ހިދުމަތް ދިނުމުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަން ހޯދާފައިވާ ހޯޕް ޓްރެވަލްސް ލޯންޗު ދަތުރުތަކުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ފާހަގަ ކުރާ މައިގަނޑު ކަންކަމަކީ، އެޚިދުމަތުން ލިބިދޭ އިތުބާރާއި، ދަތުރު ކުރާ ލޯންޗްތަކުގެ އަރާމު ކަމާއި، ލޯންޗްތަކުން ޚިދުމަތް ލިބިގަތުމުގައި ފަހި ކޮށްދީފައިވާ ފަސޭހަކަމާއި، ލޯންޗްތަކުން ދޭ ހިތް ހެޔޮ، ފެންވަރު ރަނގަޅު ޚިދުމަތެވެ.
ހޯޕް ޓްރެވަލްސް ލޯންޗު ފެރީ މިހާރު ދަތުރު ކުރަމުން އަންނަނީ ނ. އަތޮޅާއި ށ. އަތޮޅާއި ބޮޑުތިލަދުންމަތީ ދެ އަތޮޅު ކަމުގައިވާ ހއ. އަދި ހދ. އަތޮޅަށެވެ.

ހޯޕް ޓްރެވަލްސް މިހާރު އަންނަނީ މިހިނގާ ސްކޫލް ބަންދަށް ޚާއްސަ ލޯންޗުތައް ބާއްވަމުންނެވެ. އެގޮތުން މާރޗް 1 ގައި ފެށި އެ ދަތުރުތައް މާޗް 16 އާއި ހަމައަށް ކުރިއަށް ގެންދާނެއެވެ.
އެދަތުރުތައް ނ. އަތޮޅުގެ ހުރިހާ ރަށްތަކަކުން މާލެއާއި ދެމެދު އޮންނަ އިރު، އެދަތުރުތައް އޮންނަ ށ. އަތޮޅުގެ ރަށްތަކުގެ ތެރޭގައި ފޯކައިދޫ، ފީވަށް، މިލަންދޫ، ނަރުދޫ، ޅައިމަގު، ފުނަދޫ އަދި މާއުނގޫދޫ ހިމެނެއެވެ.
އެދަތުރުތައް އޮންނަ ބޮޑުތިލަދުންމަތީ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ވައިކަރަދޫ، ނޭކުރެންދޫ، ފިނޭ، ހޯރަފުށި، އުތީމު، އުލިގަން، ދިއްދޫ، ތުރާކުނު އަދި އިހަވަންދޫ ހިމެނެއެވެ.

މި ހުރިހާ ޑެސްޓިނޭޝަނަކަށް ޓިކެޓް ބައްލަވައިގަތުން ހޯޕް ޓްރެވަލްސްއިން ފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވާފައި ވެއެވެ. އެގޮތުން ފޯނު ކޮށްގެން ޓިކެޓު ބުކް ކުރެވޭ ޚިދުމަތާއި، ވައިބަރ އަދި ފޭސްބުކް މެދުވެރިކޮށް ޓިކެޓް ބައްލަވައި ގަނެވޭނެ އިންތިޒާމު ވަނީ ފަހި ކޮށްދީފައެވެ.
ހޯޕް ޓްރެވަލްސްގެ ފްލީޓްގައި ހިމެނޭ ކޮންމެ ލޯންޗަކީވެސް ފްލައިޓް ސީޓް ހިމެނޭ، ވައި ރަނގަޅަށް ދައުރުވާފަދަ ހިތްފަސޭހަ އަރާމު މާހައުލެއް އެކުލެވޭ ދުވެލި ބާރު ލޯންޗުތަކެކެވެ.
ސްކޫލް ބަންދުގެ ޚާއްސަ ދަތުރުތައް ނޫނަސް މާލެއާއި ރަށާއި ދެމެދު ދަތުރުކޮށްލަން ހޯޕް ޓްރެވަލްސްގެ ލޯންޗްތަކުގެ އަޖުމަ ބަލައިލުން ރަނގަޅެވެ.
އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ ހޯޕް ޓްރެވަލްސްގެ ހޮޓްލައިން ތިން ނަމްބަރު ކަމުގައިވާ 9970175، 9970191 އަދި 9970247 އަށް ގުޅާލެއްވުމުން އިތުރު މައުލޫމާތު ލިބިލައްވާނެއެވެ. ނުވަތަ ހޯޕް ފެރީ އަޕްޑޭޓް ވައިބަރ ގުރޫޕްއަށް ޖޮއިން ކުރެއްވުމުންވެސް ލިބިލައްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!