ނުރައްކަލާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރ އަލީ ހުސައިން ގޮވާލައިފިއެވެ.

އަލީ ހުސައިން މިހެން ގޮވާލާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އަލީ ހުސައިން ބުނެފައިވަނީ ކޮވިޑް19 ގެ ނުރައްކާތެރިކަން ރާއްޖެއަށްވެސް އޮތުމާއެކު ލޯކަލް ކައުންސިލްގެ އިންތިޚާބު ފަސްކޮށް، ރާއްޖޭގައި ދިރިއުޅޭ އަދި އައިސްގޮސްވާ މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ބޮޑުތަނުން އިސްކަންދިނުން މުހިންމު ކަމަށެވެ.

Ad
rt

އޭޕްރީލް މެއި މަހުގެ ހޫނު ދުވަސްތަކަށް ފަހުވެސް އިންތިޚާބު ބޭއްވޭނެ.

އަލީ ހުސައިންގެ ޓުވީޓުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އަލީ ކުރެއްވި އިތުރު ޓުވީޓެއްގައި ބުނެފައި ވަނީ ގައުމުގެ ހަގީގީ އުފެއްދުންތެރިކަމާއި ތަރައްގީ ފެށޭ ހިސާބަކީ އެ ބަޔަކު ކެއިންބުއިމަށް ބޭނުންވާ ކާނާގެ ބާވަތްތައް ރައްކާތެރި ކަމާއެކު އަމިއްލަޔަށް އެ ގައުމެއްގައި އުފައްދަން ފަށާ ހިސާބުކަމަށާއި މިއީ ދިވެހި ދަނޑުވެރިކަމުގެ އައު ބާބެއް ފަށަންވީ ވަގުތު ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލްވެސް ވަނީ މިމޭރުމުން ގޮވާލާފައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އަޅަމުންގެންދާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މީހުން އެއްވެ އުޅޭފަދަ ހަރަކާތްތަށް ނުބޭއްވުމަށް ސިއްހީ މުއައްސަސާތަކުން ގޮވާލަމުން ދިއުމާ ގުޅިގެން އަފްއާލް ވިދާޅުވީ ކޮރޯނާ ވައިރަސް ޖެހިފައިވާ އެއްވެސް މީހަކު އަދި ރާއްޖެއިން ނުފެނުނު ނަމަވެސް މި ބަލި ރާއްޖޭގައި ނެތްކަން ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ.

އައްފާލް ވިދާޅުވީ މި ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ސިޔާސީ ކެމްޕެއިންތަކާއި އެއްވުންތައް މަޑުޖައްސާލުން މުހިއްމު ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން އޮތުމާ ގުޅިގެން އިންތިހާބު ފަސްކުރަން އޭނާ ވަނީ އިލެކްޝަންސްއަށް ގޮވާލައްވާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލަކުގެ އިންޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައް އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު ނުބޭއްވޭ ފަދަ މާހައުލެއް އުފެދިއްޖެ ކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަންގާފައި ނުވާކަމަށް އިލެކްޝަންސް ކޮމިސަން އޮފް މޯލްޑިވްސް (އީސީ) އިންވަނީ މިއަދުބުނެފައެވެ.

އެމްޑީޕީ އަދި ޕީޕީއެމް ޖޭޕީގެ ކައުންސިލް އިންތިހާބުގެ ކަންކަން ވަނީ ވަގުތީގޮތުން މަޑު ޖައްސާލާފައެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ ހަތަރުވަނަ ދުވަހުގައެވެ.