ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާކޮށްދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި, އާ ފަނޑިޔާރު އެ މަގާމަށް ހޯދުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށައިފި އެވެ.
ނިމުމުން ފަނޑިޔާރުކަމުން ރިޓަޔާވުމަށް ފަނޑިޔާރު އަލީ ރަޝީދު ހުށަހެޅުއްވީ މިދިޔަ ހަފުތާގަ އެވެ.
ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވަން ނިންމެވި ސަބަބެއް ވެސް ސާފެއް ނުވެ އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަންނަ މަހުން ފެށިގެން ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި އެހެން ބޭފުޅަކު އެ މަގާމަށް އައްޔަން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ފަނޑިޔާރު އަލީ ރަޝީދަކީ 2007 ވަނަ އަހަރުން ފެށިގެން އެކި ކޯޓުތަކުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް އޭނާ ކުރެއްވި އެވެ.
ކުރިން ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ވެސް ފަނޑިޔާރު އަލީ ރަޝީދެވެ. އަދި އޭނާ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ ޔާމީނަށް ހުކުމްކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!