ދެނެގަންނަމާ 2020، ކުޅުދުއްފުށީ ސިޓީގައި ފަށައިފިއެވެ.

ހޯމް މިނިސްޓްރީގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ‏ހޭލުންތެރި ކުރުމުގެ ޚާއްޞަ ޕްރޮގްރާމް "ދެނެގަންނަމާ 2020" ގައި ހދ. އަގޮޅުގެ 5 ރަށަކުން 40 އަށްވުރެ ގިނަ މީހުން ބައިވެރިވާކަމަށް ހޯމް މިނިސްޓްރީއިން ހާމަކުރަށްވައެވެ.

Ad
rt

މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ކުރިއަށްގެންގޮސްދެއްވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅެވެ. މިސެޝަނުގައި މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައި ވަނީ އަނިޔާ ކުރުމާއި އެހެނިހެން އަނިޔާވެެރި، ލާއިންސާނީ، ދަށުދަރަޖައިގެ ޢަނަލު ހިންގުމާއި އަދަބު ދިނުމާއި ދެކޮޅު މުއާހަދާ ގުޅޭ ގޮތުންނެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަންގައި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ބެހޭގޮތުން މައުލޫމާތު ދެއްވާނީ އެސޯސިއޭޓު ލީގަލް ކައުންސެލް އަލްއުސްތާޛާ އާމިނަތު ނަބީލާ އިބުރާޙީމް ނަސީރެވެ.