އިޓަލީ ވިލާތުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރަން ސަރުކާރުން ނިންމައިފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ފަހުގެ މަޢުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ " މާދަމާ ރޭ 11:00 އިން ފެށިގެން އިޓަލީ ޓޫރިސްޓުންނަށް ރާއްޖެއަކަށް އެތެެރެ ނުވެވޭނެ. މިކަން ރައީސް ނިންމެވީ، މިވަގުތު ދިވެހިންގެ ސިއްހަތު މުހިންމު ކަމަށް ފެންނާތީ." އަދި މި ފިޔަވަޅުގެ ސަބަބުން ފަތުރުވެރިއަކަށް ގެއްލުން ނުވާނެ ގޮތަކަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިދާޅުވިއެވެ.

Ad
rt

ކ. ވިލިވަރުގައިވެސް ކަރަންޓީނު ފެސިލިޓީއެއް ހަދާފައި ވާކަމަށާއި، ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް އެނޫސް ކޮންފަރެސްގައި ހާމަކުރައްވާފައިވެއެވެ.

އެ ނޫސް ކޮންފަރެސްގައި މިރޭ ހާމަކުރެއްވި ގޮތުގައި މިހާތަނަށް ކަރަންޓީނުކޮށްފައި ވަނީ ،ފަރުކޮޅު ފުށީގައި ކަރަންޓީނު ކޮށްފައިވާ ދިވެހި އަންހެނަކާއި ކުޑަކުއްޖެކެވެ.

އޭގެ އިތުރުން އިޓަލީގެ ތިން މީހަކާއި، ކުރެއްދޫ ރިސޯޓްގެ ޑަކްޓަރާއިއެކު މިހާތަނަށް ޖުމްލަ ހަ މީހަކު ވަނީ ކަރަންޓީނުކޮށްފައި ކަމަށް މިރޭ ހާމަކޮށްފައިވެއެވެ.