ވ.ތިނަދުއާއި ޅ.އަތޮޅުގެ ރިސޯޓަކަށް އަރައި ފޭބުން ވަގުތީގޮތުން މަނާކޮށްފިއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ވ.ތިނަދުއާއި ޅ.އަތޮޅުގެ ރިސޯޓަކުން ސައްކު ކުރެވޭ މީހަކު ފެނުމާއި ގުޅިގެން އެ ދެރަށަށް އަރައި ފޭބުން ވަގުތީގޮތުން މަނާކޮށްފިއެވެ.

Ad
rt

އެކަން ހާމަކުރެއްވީ، އެކަމާއި ގުޅިގެން މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބުދު ﷲ އަމީނެވެ. މިނިސްޓަރު އަމީން ވިދާޅުވީ އެ ދެރިސޯޓަކަށް އަރައި ފޭބުން މަނާކުރީ އެ ދެރިސޯޓުން ކޯވިޑް-19 އަށް ޝައްކުވެގެން ގެންދިޔަ މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެންކަމަށެވެ.

" ރާއްޖޭގައި އަދިވެސް އެއްވެސް ޕޮޒިޓިވް ކޭސްއެއް ނެތް. ރައްކާތެރިކަމުގެ ގޮތުން އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކެއް މި އަަޅަނީ، ޗާންސެއް ނުނަގާން ވެގެން. ހުރިހާ ރަށެއް ވެސް އޮތީ ކޮރޯނާ ކޭސްއަކަށް ތައްޔާރަށް. ކޭސްއެއް ފެނިއްޖެ ނަމަ، މިކަން އަޅުގަނޑުމެންނަށް ކޮންޓެއިން ކުރެވޭނެ."

ހެލްތް މިނިސްޓަރު، އަމީން ވިދާޅުވިއެވެ.

މިރޭ ޕްރެސް ދެއްވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ހެލްތް މިނިސްޓަރު އަމީން އަދި ނޭޝަނަލް ޑިސާޒްޓާ މެނޭޖްމަންޓުގެ އިސްވެރިޔާއެވެ.