މިހާރު ކުރިމަތިވެގެން އުޅޭ ކޮވިޑް-19 ވައިރަހުގެ މުސީބާތާއި ގުޅޭގޮތުން ތަކުރާރުކޮށް ހޭލުންތެރިކުރުމާއި ސަމާލުވުމަށް އެދި ޑރ. އަޙްމަދު ފައިސަލް ވަނީ އެތައް ޓްވީޓެއް ކުރައްވައިފަ އެވެ.
ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ ކޮވިޑް ގެ އެއް އަލާމާތަކީ އެއްވެސް އަލާމާތެއް ނެތުން ކަމަށާއި އެންގޭނީ ޓެސްޓުކުރީމާކަމަށެވެ.
ޑޮކްޓަރު ފައިސަލް މިފަހަރު ކުރެއްވީ އާންމުކޮން ނުކުރައްވާކަހަލަ ޓުވީޓެކެވެ. ގައުމުގެ ސިޔާސީ މަސްރަހުގެ ތެރޭގައި އުޅޭ ކޯޅުންތަކާއި ދެބަސްވުންތަކަށް ވަނީ ނުސީދާ ރައްދެއް ދެއްވާފައެވެ.
މިނިސްޓަރަކަށް އެކަނި ނުވާނެ. ސިޔާސީނުވެ އެންމެން އެއްބާރުލުންދީ، ތެދު މަޢުލޫމާތާއި، ސާފުތާހިރުކަން އެންމެ މުހިންމީ
ޑރ ފައިސަލްވިދާޅުވިއެވެ.
ކޮވިޑް ގެ އެއް އަލާމާތަކީ އެއްވެސް އަލާމާތެއް ނެތުން؛ ޓެސްޓުކުރީމާ އެނގޭނީ
މިނިސްޓަރަކަށް އެކަނި ނުވާނެ. ސިޔާސީނުވެ އެންމެން އެއްބާރުލުންދީ
ތެދު މަޢުލޫމާތާއި، ސާފުތާހިރުކަން އެންމެ މުހިންމީ
އެއްވެސް ގައުމަކުން އެންމެފުރިހަމައަށް ތައްޔާރުވެ ބަލިމަޑުކަމަކާ ކުރިމަތިލާފައެއްނެތް https://t.co/9N7ssEiK8w
— Ahmed Faisal (@Faisalnaifaru) March 5, 2020
ޑރ ފައިސަލް މީގެ އިތުރުން ވިދާޅުވީ އެއްވެސް ގައުމަކުން އެންމެ ފުރިހަމައަށް ތައްޔާރުވެ ބަލިމަޑުކަމަކާ ކުރިމަތިލާފައެއް ނެތްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!