"އިގްތިސޯދުގެ ވާހަކަ މިތާ ވަރަށް ގިނައިން ދެއްކިއްޖެ، އަޅުގަނޑު އަހާލަން ބޭނުން ކާކުގެ އިގްތިސޯދެއްގެ ވާހަކަތޯ މި ދައްކަނީ؟، އިގުސޯދަކީ ވަކި ބައެއްގެ ވިޔަފާރި ފައިދާއަށް ކިޔާ ނަމެއްތޯ ނޫނީ ރައްޔިތުންގެ ވެލްބީން އާއި ރައްޔިތުންނާ ވެސް ގުޅޭ ގޮތަކަށް ކިޔާ ނަމެއް ނޫންތޯ އެއީ؟،"
މިއީ ރޭ ރައްޔިތުންގެ މަޖިލީހުން މިނިވަން ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމުން ޒުވާން އަންހެން ކުއްޖަކު ތެދު ވެ ކޮއްލި ސުވާލެކެވެ. މިސުވާލާއި އެކު މުޅި ހޯލު އެކީ ކުޑަ ސުކޫތު ކޮޅަކަށް ހިމޭން ވެލިއެވެ. އެއަށްފަހު އޯޑިއެންސްގައި ތިބި ރައްޔިތުން އަތްތިލަ ބަޑީގެ އަޑުން ގުގުމާލިއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން ވަގުތުން
ވީޑިއޯ ލިންކު: https://t.co/AOg8nschUz pic.twitter.com/iBD5XowHP9
— People's Majlis (@mvpeoplesmajlis) March 4, 2020
ފާތިމަތު ސާއިރާ، އާންމު މީހެއްގެ ހައިސިއްޔަތުން ، ނުފޫޒުގަދަ ސިޔާސީ ވެރިންނާއި ބޮޑެތި މަހުޖަނުންނަށް ކުރިމަތީ މިދިން މެސެޖުން ބަޔެއް މީހުންގެ މޫނުމަތޫ ތަފާލެއް ޖެހި މަންޒަރު ޓީވީގެ ބެލުން ތެރިންނަށް ވަނީ ފެނިފައެވެ. ސާއިރާގެ ކެކުޅުންތަކުގެ ވޭނުގައި މިދިން ވަރުގަދަ ރައްދު ދެން ގުޅުވާލާފައިވަނީ އަމިއައްލަ ދިރިއުޅުމުގެ ތަޖުރިބާއަކާއެވެ. މިއީ އާންމުންގެ ހިތާކުޅެލި ކަމަކަށް ވަނީ ވެފަ އެވެ. ހާއްސަކޮން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފިރިންގެ އަނބިންގެ ހިތްތަކާއެވެ.
ސާއިރާގެ ވާހަކައިގައި ފާހަގަ ކުރި ގޮތުގައި އޭނާއަކީ އުމުރުން 15 އަހަރުން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި އޭނާގެ ކުރީގެ ފިރިމީހާއަކީ ވެސް އުމުރުން ވަރަށް ކުޑައިރުން ފެށިގެން އެ ދާއިރާގައި އުޅޭ މީހެއް ކަމަށެވެ. އެހެންކަމުން ދާއިރާގެ މުވައްޒަފުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގޭނެ އެވެ.
"ދަރިފުޅު ކައިރިއަކަށް ނާދެވޭ، ފެމެލީއާއެކު ވަގުތު ހޭދައެއް ނުކުރެވޭ، މިއީ ހަމަ އިންސާނީ ހައްގުތަކެއް، އާއިލާއާއެކު ވަގުތު ހޭދަކުރުމަކީ ވެސް،"
ސާއިރާ ބުނެ އެވެ.
ތެދެކެވެ. ސާއިރާގެ މިވާހަކަ އިން މީސްމީޑިޔާއިން ފާހަގަ ވި އެއްކަމެއް އެބަ އޮތެވެ. ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދާ ފިރިންގެ އަނބިން ވަނީ ސާއިރާގެ މިވާހަކައަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ގިނަ ފިރިހެނުން ތިބި މި އޯޑިއަންސްއިން ތެދުވެ އަންހެނެއްގެ އިހުސާސްތައް އަމުނާލީ، ސިޔާސީ ވެރިންނާއި މަހުޖަނުން ހާއްސަކޮން ރައްޔިތުން ތަމްސީލު ކުރުމަށް ހޮވާފައި ތިބި މަޖިލިސް މެންބަރުންގެ މޫނު މަތީ ބޮޑު ތަފާލެއް ޖަހާލަމުންނެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!