ސައިންސްވެރިން މުޅިން އާ ބުޅަލުގެ ބާވަތެއް ހޯދައި، އެ ސައިންޓިފިކް ހޯދުންތައް "ކަރަންޓް ބަޔޮލޮޖީ" ޖާނަލްގައި ޝާއިއުކޮށްފިއެވެ.

"ލެޕާޑަސް ތިލްކާޔޯ" ނުވަތަ "ތިލްކާޔޯ ޓައިގާ ކެޓް" ގެ ނަމުން ނަންދީފައިވާ މި ބުޅަލަކީ ވޭތުވެދިޔަ 100 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އާ ބުޅަލުގެ އާއިލާއިން (ސްޕީޝީޒެއް) ސައިންސްވެރިންނަށް މުޅިން ފެނުނު ފުރަތަމަ ފަހަރެވެ.

Ad
rt

މި އާ ބުޅަލަކީ އާދައިގެ ގޭގައި ގެންގުޅޭ ބުޅަލަށްވުރެ ކުޑަ، ނަމަވެސް ޖަންގަލީގައި އުޅޭ މިނިކާވަގު ފަދަ ނުބައި ސިފައެއް ހުންނަ ބުޅަލެކެވެ. ބޮޑުމިނުގައި ގާތްގަނޑަކަށް 18 އިންޗި ހުންނަ މި ބުޅަލުގެ ބަރުދަނުގައި ހުންނަނީ އެންމެ ތިން ޕައުންޑެވެ. އެ ކުޑަ ބުޅަލުގެ މޫނުމަތީގެ ސިފަތައް ހުންނަގޮތުން އަބަދުވެސް ރުޅިއައިސްފައި ހުންނަ ގޮތެއް ދައްކާއިރު، އެ އެއްޗެހީގެ ކެހެރިގަނޑުގައި ބޮޑެތި ތިކިތަކެއް ހުރެއެވެ.

Scientists recently discovered the tilcayo (Leopardus tilcayo) in Bolivia.  It's the first new cat species discovered since 1923 : r/interestingasfuck

މި ބުޅާ އެންމެ ފުރަތަމަ ފެނިފައިވަނީ 2016 ވަނަ އަހަރު ބޮލީވިއާގެ އާންމު ރައްޔިތަކަށެވެ. ގޭގައި ގެންގުޅޭ އުޅޭ ބުޅަލެއްގެ ތަފާތު ވައްތަރެއް ކަމަށް ހީކޮށް، ޕެޓް މަރުކަޒަކަށް ގެންދިޔަ ހިސާބުންނެވެ. ނޭޝަނަލް ޖިއޯގްރަފިކް އެކްސްޕްލޯރާ ޕައޯލާ ނޮގާލެސް-އަސްކާރުންޒް ހިމެނޭ ތަހުގީގީ ޓީމުން ވަނީ މި ބުޅާ ބަލައި ދިރާސާކޮށްފައެވެ.

ފުރަތަމަ ސައިންސްވެރިން ހީކުރީ އެއީ "ބްރެޒިލިއަން ޓައިގާ ކެޓް" އެއް ކަމަށެވެ. ނަމަވެސް ނޮގާލެސް-އަސްކާރުންޒްއާއި އޭނާގެ މުވައްޒަފުން އިސްނަގައިގެން ކުރި ޖެނެޓިކް ޓެސްޓްތަކުން އެނގުނު ގޮތުގައި، މި ބުޅަލުގެ ނަސްލު ޓައިގާ ކެޓްތަކާ ވަކިވެފައިވަނީ މީގެ ގާތްގަނޑަކަށް 1.4 މިލިއަން އަހަރު ކުރިންނެވެ. މިއީ ސައިންސްގެ ރެކޯޑުތަކަށް މުޅިން އާ ހޯދުމެއް ނުވަތަ ސްޕީޝީޒެއް ކަމަށް ވީނަމަވެސް، ބޮލީވިއާގެ އަންދީސް ސަރަހައްދުގެ ދަަރިކޮޅުތަކުގެ އާންމުންނަށް މި ބުޅާ އެނގޭތާ ގިނަ ޖީލުތަކެއް ވަނީ ވެފައެވެ.

މި ހޯދުމާއެކު ޓައިގާ ކެޓްގެ އާއިލާގައި ހިމެނޭ ވަކި ސްޕީޝީޒްތަކުގެ އަދަދު ވަނީ ފަހަކަށް އިތުރުވެފައެވެ. ބޮލީވިއާގެ އަންދީސް ފަރުބަދަތަކުގެ ނުރައްކޭތެރި މާހައުލުގައި ދިރިއުޅުމަށްޓަކައި މި ބުޅަލުގެ މިޒާޖުގައި ހާއްސަ ހިއްވަރަކާއި ހަރަކާތްތެރިކަމެއް ހުންނަކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ.

މި ކުދި އަދި ރީތި ބުޅާތައް ދިރިއުޅޭ މާހައުލު ކަމަށްވާ "ޔުންގާސް ކްލައުޑް ފޮރެސްޓް" ޖަންގަލިން ގަސް ކަނޑައި ހަލާކުކުރުމާއި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. ސައިންސްވެރިން ބުނި ގޮތުގައި، މި ބުޅަލުގެ ބާވަތް ނެތިދިއުމުގެ ނުރައްކާ އޮތް ޖަނަވާރުތަކުގެ ލިސްޓަށް އައުމުގެ ކުރިން، އެ އެއްޗެއްސާ ބެހޭ ގޮތުން އިތުރަށް ދިރާސާކުރުމުގެ މަސައްކަތް އަވަސްކުރަންޖެހެއެވެ.