މާލޭގެ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި ތިއްބައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާލޭ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:34 އެހައިކަންހާއިރު ކަމަށެވެ.
ހާލުދެރަވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. ނިޔާވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ.
މި ހާދިސާގައި ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ގެންދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ދެމީހުން ހާލުދެރަވީ ގޭސް ލީކުވުމުގެ ހާދިސާއެއް ހިނގައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!