ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށް ގުރުއަތުލުން ބާއްވައިފިއެވެ. ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް 4 ކެނޑިޑޭޓުން ވާދަކުރައްވައެވެ.
އަލަށް އުފެދުނު އެސިޓީގެ ފުރަތަމަ މޭޔަރު ކަމަށް ރާއްޖޭގެ އެންމެ ބޮޑު އަދި ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ އިތުރުން ދެވަނައަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމް އަދި އަމިއްލަ 2 ކެނޑިޑޭޓުން ވާދަ ކުރެއެވެ.
ކުޅުދުއްފުށީ ސިޓީ މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުން
6 - އަބްދުﷲ އިޤްބާލް / ޕީ ޕީ އެމް
7 - އަހުމަދު ސައީދު / އަމިއްލަ
8 - އާދަމް ޝަރީފް / އަމިއްލަ
9 - މުހައްމަދު އާތިފް / އެމްޑީޕީ
އެސިޓީގެ މޭޔަރުކަމަށް ކޯލިޝަންގެ އެމްޑީޕީ ފިޔަވައި ޖުމްހޫރީ ޕާޓީ، އަދާލަތު އަދި އެމްއާރުއެމްއިންވެސް ވާދައެއް ނުކުރެއެވެ.
ފުރަތަމަ މޭޔަރު ހޮވުމަށް އެސިޓީގައި ބާއްވާ އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!