ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެގެން ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިންނެވެ. މި ހާދިސާގައި ވެއްޓިފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭގެ 23:14 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އަނިޔާވި ކުއްޖާ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އެ ކުއްޖާއަށްއެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ އިތުރު ފަރުވާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!