ހދ. ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ އެސިއްޚީމަރުކަޒަށް އައު އޮފީސް އިމާރާތެއް އިތުރު ކުރުމުގެ މަސައްކަތެވެ.
އެރަށު ސިއްޚީ މަރުކަޒަށް އެއައު އޮފީސް އިމާރާތް އިތުރުވުމާއިއެކު ކުރީގެ އޮފީސް އިމާރާތުގެ ތެރޭގައި ލެބޯޓަރީއަށް އެކަށޭނަ ޖާގަ ލިބިގެންދާނެ ކަމަށް ނޮޅިވަރަންފަރު ކައުންސިލް ނައިބު ރައީސް އަހުމަދު ވަހީދު ބުންޏެވެ.
އަހުމަދު ވަހީދު އިތުރަށް ބުނީ އިތުރި ލެބޯޓުރީގެ ޖާގައަށް ވީހާވެސް އަވަހަކަށް ލެބޯޓަރީ އާލާތް ލިބުމަށް އުންމީދު ކުރާކަމަށާއި، އެ ސިއްޚީ މަރުކަޒަށް ޖާގަ އިތުރުވުމީ ޚިދުމަތް ދިނުމަށާއި، ޚިދުމަތް ލިބިގަތުމަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ.
އާބާދީގައި 1927 މީހުން ތިބި ނޮޅިވަރަންފަރުގެ ސިއްޚީ މަރުކަޒު 24 ގަޑި އިރަށް ބަދަލުކުރީ ނިމިދިޔަ ސަރުކާރުގެ ފަހު ކޮޅުއެވެ.
ހދ. ނޮޅިވަރަން ފަރަކީ، ހދ. ފަރިދޫ، މައިވާދޫ އަދި ކުނބުރުދޫގެ ރައްޔިތުން ބަދަލުކޮށްފައިވާ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!