ކުޅުދުއްފުށީ ސިޓީގައި އިމާރާތް ކޮށްފައިވާ ރޯ ހައުސްތައް މަރާމާތު ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
އެރޯހައުސްތައް މަރާމާތު ކުރުމަށް ފެނަކައިގެ ފަރާތުން ހަވާލުކުރީ ޓިކް ޓަކް އިންވެސްމެންޓާއިއެވެ. ފެނަކައަކީ އެރޯ ހައުސްތަކުގެ ބަލަދުވެރި ފަރާތް ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ ފަރާތެވެ.
މިއެއްބަސްވުމުގައި ސޮއިކުރީ މިއަދު ފެނަކާގައި އޮތް ރަސްމިއްޔާތެއްގައިއެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނާ މަޖިލިސް ދެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެވެ.
ސަރުކާރުން މިރޯހައުސްތައް މަރާމާތު ކުރުމުގެ މަސައްކަތް ފެނަކަކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ. 190 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށް 23 މިލިއަން ރުފިޔާ މިމަޝްރޫއަށް ކަނޑައަޅާފައިވެއެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާ، ކަރަންޓް ، އަދި ސީލިންގ މަރާމާތުކުރުމާއި ފަންކާ ބަދަލުކުރުން ހިމެނެ އެވެ.
ކުޅުދުއްފުށީ، މާފަލު ހިޔާގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްއަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އިމާރަތް ކޮށްފައިވާ ރޯހައުސްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!