14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި އެކުއްޖާގެ ދޮންބައްޕަ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ކުއްޖާގެ ދޮން ބައްޕަ ޖިންސީ ގޯނާކުރި މައްސަލަ ހުށައެޅިފައިވަނީ ހޯމަ ދުވަހު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރެވިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި އެމީހާ ހައްޔަރު ކޮށްފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށަކުންކަމަށެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ކުޑަކުދިންނަށް ކުރާ ޖިންސީގޯނާގެ މައްސަލަތައް ހުށަހެޅޭ މިންވަރު މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!