ޗާނދަނީ މަގު ބިގްމޭން ރެސްޓޯރެންޓުގައި އަލިފާން ރޯވެއްޖެއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ، ވެސްޓަރން ޔޫނިއަން ހިންގަމުން އަންނަ އިމާރާތުގައި ހުންނަ ބިގްމޭން ކެފޭގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވަމުންދާކަމަށެވެ.
އެސަރަހައްދުގައި ހުރިމީހަކު މަޢުލޫމާތު ދިން ގޮތުގައި މިހާރު އަލިފާން ވަނީ ކޮންޓުރޯލް ކުރެވިފައެވެ. ނަމަވެސް ދުމުގެ އަސަރު އެސަރަހައްދުގައި ހުރިކަމަށް އެމީހާވަނީ ބުނެފައެވެ.

އެސަރަހައްދުގައި ހުރިމީހާ ބުނީ ބިގް މޭން ރެސްޓޯރެންޓުގައި މަގާވީހެން އަޅުވާފަހުރި އޭސީ އައުޓްޑޯ ޔުނިޓެއްގެ ވެއްޓި އޭގައި ހުރި ގޭސްތައް ބުރައިގެން ގޮސް މަގުމަތީ ހިނގާފައި ދިޔަ މީހެއް ފިހިފައިވާކަމަށެވެ. އެމީހާ މިހާރުވަނީ ހޮސްޕިޓަލްއަށް ގެންގޮސްފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެމްއެންޑީއެފްއިން ބުނެފައި ބުނެފައިވަނީ އަލިފާން ރޯވެފައި ވަނީ އެ ކެފޭގެ ބަދިގޭގައި ކަމަށާއި މިހާރު އަލިފާން ކޮންޓުރޯލް ކުރެވިފައިވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!