ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް ހަމަޖައްސައިފިއެވެ.

ޕީއެންސީން މިއަދު ބުނީ އެ ޕާޓީގެ އެސްޖީގެ މަގާމަށް ފަހުތީ ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމާއިގުޅިގެން އެ ޕާޓީން ވަނީ ފަތުހީ އަށް މަރުޙަބާ ކިޔާފައެވެ.

Ad
rt

ފަތުހީއަކީ ސަރުކާރުގެ ސްޓޭޓް ވަޒީރެއްގެ މަގާމު ފުރުއްވަމުންގެންދަވާ، ށ.އަތޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަށްވާފައެވެ.

ޕީއެންސީގެ އެސްޖީގެ މަގާމު ހުސްވީ އެޕާޓީގެ އެސްޖީ އަކަށް ކުރިން ހުންނެވި މުއާޒް ހަލީމް 18 އޭޕްރިލް 2026 ގައި އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މަގާމުން އިސްތިއުފާދެއްވަމުން މުއާޒު ވިދާޅުވެފައި ވަނީ އޭނާ މަގާމުން އިސްތިއުފާދެއްވީ ންސީގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލްކުރެވޭ ޕާޓީއަކަށް ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އަދި ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް މުއާޒު ވިދާޅުވެފަވެއެވެ.

18 އޭޕްރިލް 2026 ގައި އިސްތިއުފާދެއްވި، ދިފާއީ ވުޒާރާގެ ސްޓޭޓް ވަޒީރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ މުއާޒް ޕީއެންސީގެ އެސްޖީއަކަށް ހަމަޖެއްސީ 13 ޖެނުއަރީ 2025 ގައެވެ.

މުއާޒް ޕީއެންސީގެ އެސްޖީއަކަށް ހަމަޖެއްސުމާއި ހަމައަށް އެޕާޓީގެ އެސްޖީ އަކަށް ހުންނެވީ ކުރީގެ ސިޓީތަކާ ބެހޭ މިނިސްޓްރީގެ ކުރީގެ ވަޒީރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒް އަދުނާން އެވެ. ޒީނާޒް އެމަގާމަށް ހަމަޖެއްސީ 24 މެއި 2024 ގައެވެ.