ކޮވިޑްއަށް ޝައްކު ކުރެވިގެން ކަރަންޓީނުން ދޫކޮށްލި މީހަކު ފޮކްސް ނިއުސް ލައިވް ޕްރޮގުރާމެއްގައި އަމަލު ކުރިގޮތުން ގިނަބަޔަކު ރުޅިގަދަވެ ނުރުހުން ފާޅުކޮށްފިއެވެ.
ފޮކްސް ނިއުސްގެ ލައިވް ޕްރޮގުރާމަކަށް 3 އަހަރުގެ ދަރިފުޅާއިއެކު އިންޓަރވިއު ދިނުމަށް އެރި އެމެރިކާއަށް ނިސްބަތްވާ މިމީހާ ބުނެފައިވަނީ 2 ފަހަރަށް ކޮވިޑް19 އަށް ޓެސްޓު ކުރުމުންވެސް ނެގެޓިވެ ވެފައިވާކަމަށެވެ. މިލައިވްގައި ގިނަބަޔަކު އަޅައިގަނެފައިވަނީ އިންޓަރވިއު ދިނުމަށް އުނދަގޫވާވަރަށް ކެއްސުން އަރައި އިންޓަރވިއު ދިނުމަށް އުނދަގޫތަކެއް ކުރިމަތިވެފައި ވުމުންނެވެ.
އެފިރިހެންމީހާއަކީ ޗައިނާގެ ރައްޔިތަކާއި ކައިވެނިކޮށްގެން ޗައިނާގައި އުޅެމުން އައި ފިރިހެނެކެވެ. ނަމަވެސް ޗައިނާގައި ވައިރަސް ފެތުރި ބިރުބޮޑުވާންފެށުމުން އެމީހުން ވަނީ އެމެރިކާއަށް ގޮސްފައެވެ. ކޮރޯނާ ވައިރަސްގެ އަސަރުކޮށްގެން މިފިރިހެން މީހާގެ ބަފާބެ ވަނީ ޗައިނާގައި މަރުވެފައެވެ. މިމީހުން އެމެރިކާއަށަ ދިއުމުން ކަރަންޓީނު ކުރީ އެމީހާއާއި ކޮންޓެކްޓް ވެފައިވާތީއެވެ.
މި އިންޓަރވިއުގައި އެންމެ ގިނަ ބަޔަކު ރުޅިއައިސްފައިވަނީ އެމީހާ ކެއްސަމުން އަންގަމަތީ އަތް އެޅުމަށްފަހު އުރައިގެން އިން 3 އަހަރުގެ ކުއްޖާގެ އަތުގައި އަތް ލުމުންނާއި ކެއްސުން އަރައި ވާހަކަ ދައްކަން އުންދަގޫ ވުމުން ދަރިފުޅުގެ އަތުގައި އޮތް ފެންފުޅި އަނގަ ޖަހާ ބޯލުމަށްފަހު އަނެއްކަވެސް ކުއްޖާގެ އަތަށް ދިނުމުން އެކުއްޖާ އެފުޅީގައި އަނގަޖެހުމުންނެވެ.
އެމީހާ މި އިންޓަރވިއުގައި ބުނެފައިވަނީ މިވައިރަސްގެ ސަބަބުން މީހުން މަރުވާ އަދަދު ދަށް ކަމަށެވެ. ކެއްސާލަމުން އަނެއްކާވެސް ބުނެފައިވަނީ މިވައިރަސްގެ ސަބަބުން މީހުން ބިރުގަންނަކަންވެސް އިންގޭކަމަށެވެ.
ތަކުރާރުކޮން ކެއްސަމުންދާތީއެކަމާ ޓީވީ ޕްރެސެންޓަރ ސުވާލު ކުރުމުން އެމީހާ ބުނެފައިވަނީ ކެއްސަނީ ހިތް ބިރުގަތުމުގެ ސަބަބުން ކަމަށެވެ.
މިވީޑިއޯ ވަނީ މީސްމީޑިއާގައި ވައިރަލްވެ ގިނަބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ގިނަބަޔަކު ބުނަމުންދަނީ ސާފުތާހިތުކަމުގެ އެންމެ ބޭސިކް ކަންކަމަށް ސަމާލުކަން ނުދޭނަމަ ވައިރަސް ފެތުރުން އިންތިހާއަށް އިތުރުވެގެން ދާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!