އޮޕޯގެ އާ ފޯނުތަކާއި ދިވެހިން ގުޅުވާލަދިނީ އޫރިދޫއިން

D22559FD-4FD0-4886-9B45-F8241ADC497B

އުރީދޫއާ ގުޅިގެން، އޮޕޯ އިން މުޅިން އާ ސްމާޓްފޯނުތަކެއް ރާއްޖޭގައި ރަސްމީކޮށް ލޯންޗުކޮށްފި އެވެ.

ރާއްޖޭގައި މިއަދު ތައާރަފްކުރި ފޯނުތަކުގެ ތެރޭގައި، އޮޕޯ ރެނޯ 2 އެފް، އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ހިމެނޭ ކަމަށް އޫރިދޫއިން ބުނެފައިވެއެވެ.

ރާއްޖޭގެ މާކެޓުގައި، އެންމެ ފުރިހަމަ އަގުގައި އިތުބާރާއިއެކު އޮޕޯގެ އާ ފޯނުތައް އުރީދޫން ލިބެންހުރިއިރު، ކަސްޓަމަރުންނަށް ފޯނު ގަތުން އިތުރަށް ފަސޭހަކޮށްދިނުމަށް ވަރަށް ޚާއްސަ ޕްލޭންތަކެއް ވެސް ވަނީ އޫރިދޫއިން ތައާރަފްކޮށްފަ އެވެ.

މި އޮފާގެ ތެރެއިން ގަންނަ ކޮންމެ ރެނޯ2 އެފް ފޯނަކާއެކު ސޯޝަލް މީޑިއާއަށް ޚާއްސަ ދެ ޖީބީ ހިލޭ ޑޭޓާގެ އިތުރުން ޖޭބީއެލް ޓިއުން 115ބީޓީގެ ވަޔާލެސް ހެޑްސެޓެއް ވެސް މުޅިން ހިލޭ ލިބޭނެ ކަމަށް އޫރިދޫއިން ބުނެފައި ވެއެވެ. އަދި ގަންނަ ކޮންމެ އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ފޯނަކާއެކު ސޯޝަލް މީޑިއާއަށް ޚާއްސަ އެއް ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އޮޕީގެ ފޯނުތަކަކީ ފޮޓޯގްރަފީއަށް ޚާއްސަ އަހަންމިއްޔަތު ކަމެއްދީގެން އީޖާދީ ސްމާޓް ފޯނުތަކެއް ނެރެ މީހުންގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑްއެކެވެ. އެގޮތުން އުރީދޫ މޯލްޑިވްސްއާއެކު ރާއްޖެއަށް މިއަދު ތަޢާރަފްކުރި އޮޕޯ ފޯނުތަކަކީ ވެސް ތަފާތު ސްޕެސިފިކޭޝަންތަކާއި އެކު އުފައްދާފައިވާ، ގަންނަން ފަސޭހަ އަގުތަކެއްގައި މާކެޓްކުރެވިފައިވާ ފޯނުތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި، ޚާއްސަ އޮފަރގެ ތެރެއިން ފޯނުތައް ބައްލަވައިގަނެވޭނެއެވެ. އެ ފޯނުތަކުގެ އަގު އުޅެނީ 2،499ރ. އިން ފެށިގެން 8،249ރ. އާ ދެމެދުގަ އެވެ.

މަހުންމަހަށް ފައިސާދައްކާ ޕްލޭން.

މަހަކު އެންމެ ކުޑަ އަދަދެއްގެ ގޮތުގައި 333ރ. ދައްކައިގެން، މިއަދު ލޯންޗްކުރެވުނު ފޯންތައް އުރީދޫ ކަސްޓަމަރުންނަށް ގަނެވޭނެ ހަ މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. ފުލް ޕޭމަންޓް ޕްލޭނެކޭ އެއްގޮތަށް، އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ގަންނަ ކަސްޓަމަރުންނަށް ވެސް ހިލޭ ޑޭޓާ އަދި ރެނޯ ސީރީސްގެ ފޯނާއެކު ލިބޭ ޖޭބީއެލް ޓިއުން 115ބީޓީގެ ވަޔާލެސް ހެޑްސެޓެއް ވެސް ދެ އެވެ.

އޮޕޯގެ މި ފޯނުތައް އުރީދޫގެ އީ ކޮމަސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް ގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ގެންގޮސްދެ އެވެ. މޫލީ މެދުވެރިކޮށް ގަތުމަށް: http://ore.do/app އަށް ވަންނަވާށެވެ. އިންސްޓޯލްމަންޓް ޕެކޭޖްއެއް މެދުވެރިކޮށް އޮޕޯގެ ފޯނުތައް ގަންނަން ބޭނުންވާނަމަ، އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުން އެހީތެރިކަން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި