.ހދ. ވައިކަރަދޫއާއި ރ. އަނގޮޅިތީމުގައި ފެނަކައިގެ އައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ.
ފެނަކައިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ވައިކަރަދޫ އަދި އަނގޮޅިތީމުގައި އެކުންފުނީގެ އައު އޮފީސް އިމާރާތެއް ކުރަން ފުރުޞަތު ހުޅުވާލާކަމަށެވެ.
އެ ދެރަށުގައި ފެނަކައިގެ އައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފައި ވަނީ، އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެމަށެވެ.
އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތަކީ 25 ފެބްރުއަރީ އިން 27 ފެބްރުއަރީ 2020 އަށެވެ. އެމުއްދަތުގައި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ދީފައިވާ ގަޑިއަކީ އެދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށެވެ.
އެ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ދީފައިވާ އެންމެފަހު ތާރީޚަކީ، 3 މާރިޗް 2020 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ.
އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 5 މާރިޗް 2020 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.
އެކުންފުނިންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެކުންފުނީގެ އިންޖީނުގޭތަށް އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޖީނުގެ ގާއިމު ކުރެވިފައި ހުރި ސަރަޙައްދު ތަކުގެ ގޮތުން އާންމުންނަށް އުނދަގޫ ފޯރުމާއި، ޚިދުމަތް ދިނުމަށް ކުންފުންޏަށްވެސް ދިމާވާ ދަތިތައްފަދަ ސަބަބުތަކާހުރެ ހުރި ސަރަހައްދު ބަދަލު ކުރަން ބޭނުންވެ، ނުވެ ހުރި 26 ރަށެއްގެ އިންޖީނުގެތަށް ހުރި ސަރަޙައްދުތަކުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢު 2019 ވަނަ އަހަރުން ފެށިގެން އެކުންފުނިން އަންނަނީ ހިންގަމުންނެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި 2019 ވަނަ އަހަރުގެ އެކްސެލެންސް އިން ޔުޓިލިޓީ އެވޯޑް ފެނަކަ ވަނީ ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!