މަސްތުވާތަކެއްޗާއެކު ލަންކާއިން 3 ދިވެހިން ހައްޔަރުކޮށްފި

20200225_094222

ގިނަ އަދަދަކަށް ދިވެހިން ޒިޔާރަތްކުރާ، އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވަށްޓެރި ސްރީލަންކާއިން މަސްތުވާތަކެއްޗާއެކު 3 ދިވެހިން ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއާއިކު ތިން ދިވެހިން ހައްޔަރުކޮށްފައިވަނީ ލަންކާގެ ކަމާއިބެހޭ އިދަރާތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެހިވަލަ ސަރަހައްދުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށް ބުނާގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި 26 އަހަރާއި 28 އަހަރާ ދެމެދުގެ ތިން ދިވެހިން ހިމެނެއެވެ. އަދި އެ މީހުން ބޭނުންކުރި ދެ ކާރެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެ އެވެ.

ސްރީލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި ހަތަރު ކިލޯ ހެރޮއިން އާއެކު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮލަމްބޯ ގެޒެޓުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ތިން ދިވެހިން ހިމެނެނީ އެ ހަމީހުންގެ ތެރޭގައެވެ.

އަތުލައިގެން ހަތަރު ކިލޯ ހެރޮއިންގެ އަގު 40 މިލިއަން ލަންކާ ރުޕީޒް އަށް ވުރެ މައްޗަށް އަރާނެ ކަމަށް އެ ޤައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދުގެ ވަގުތެއްގައި މައުންޓްލެވީނިއާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރާނެ ކަމަށް ފުލުހުންނާ ހަވާލާދީ އެޤައުމުގެ މީޑިއާ ރިޕޯޓުގައި އިތުރަށް ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީންވެސް ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ލަންކާގައި ދިވެހިންގެ ބަޔަކު ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ރާއްޖޭން ބޭރުންނަމަ ހިފަހައްޓައިފި.. ރާއަޖޭންނަމަ އަތުލައިފަނެއްޖެ.. ކޮންމެ ޚަބަރު ފަތުރާ މަސްދަރެއްގެ ހާލު…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *