ސްރީލަންކާ އަށް މިހާރު އަރާ ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ''ޑިޓުވާ'' ތޫފާން ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށްކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ބުނީ، ''ޑިޓުވާ'' ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުގައި، ސްރީލަންކާގެ އުތުރު އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކަމަށެވެ.

Ad
rt

މެޓުން ބުނިގޮތުގައި މި ތޫފާން ދަތުރުކުރާނެ ކަމަށް ލަފާކުރެވެނީ ހުޅަނގު އުތުރުން ރާއްޖެ އާއި ދުރަށެވެ.

މާދަމާ ހެނދުނުގެ ވަގުތެއްގައި މި ތޫފާން އިންޑިއާގެ އިންޑިއާގެ ޓަމިލްނާޑީ، ޕޫޑޫޗެރީ އަދި އަންދްރަޕްރަދޭޝްގެ ދެކުނު އައްސޭރިފަށަށް ފޯރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ މި ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ވެސް ޚާއްސަކޮށް މެދުރާއްޖޭގެ ބައެއް ހިސާބުތަކަށާއި، ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ.

މި ތޫފާނު ލަންކާ އަށް އަރައި އެގައުމުގައި މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފައެވެ.