ސްރީލަންކާއަށް ކުރިމަތިވެފައިވާ ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ކާރިސާގައި، ކަލާ ވެވުގެ ފެންބޮޑުވުމާ ގުޅިގެން އަނޫރާދަޕޫރާގައި ރޭއްސުރެ ބޮޑު ރުކެއްގައި ނުފޭބި ތާށިވެފައި އޮތް މީހަކު، ސްރީލަންކާގެ ވައިގެ ސިފައިންގެ ބެލް-212 ހެލިކޮޕްޓަރެއް ބޭނުންކޮށްގެން މިއަދު ހެނދުނު ސަލާމަތްކޮށްފިއެވެ.
ސްރީލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މިމީހާ ސަލާމަތްކުރީ ފެންބޮޑުވުމުގެ ސަބަބުން ކާރިސާގެ ތެރޭގައި ތާށިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިންނެވެ.
މީގެ އިތުރުން، ޕޮލޮނަރޫވާގެ ދިޔާބެޑޫމާގައި ފެނުން ވަށާލާފައިވާ ގެއެއްގައި ތާށިވެފައި ތިބި އަންހެނަކާއި ދެ ކުޑަކުއްޖަކު ވެސް ސްރީލަންކާގެ ވައިގެ ސިފައިން މިއަދު މެންދުރުފަހު ވަނީ ސަލާމަތްކޮށްފައެވެ.
Man trapped on a coconut tree since yesterday due to rising floodwaters from the Kala Wewa in Anuradhapura was safely rescued this morning by the Sri Lanka Air Force using a Bell-212 helicopter pic.twitter.com/guA6lNXENR
— NewsWire (@NewsWireLK) November 28, 2025
ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީ.އެމް.ސީ) އިން ބުނި ގޮތުގައި، 'ދިތުވާ' ސައިކްލޯނާ ގުޅިގެން ކުރިމަތިވި ނުރައްކާތެރި މޫސުމީ ހާލަތުގެ ސަބަބުން މިހާތަނަށް 69 މީހުން މަރުވެފައިވާއިރު، 34 މީހުން އަދިވެސް ގެއްލިގެން ހޯދަމުން އެބަދެއެވެ. މިކަމުގެ ސަބަބުން ގައުމުގެ އެކި ހިސާބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
Diyabeduma Rescue
A woman and two young girls trapped inside a flood-surrounded house in Diyabeduma, Polonnaruwa were safely rescued this afternoon by the Sri Lanka Air Force pic.twitter.com/mPcnmWjvKQ
— NewsWire (@NewsWireLK) November 28, 2025
މި ކާރިސާގެ ސަބަބުން ޖުމްލަ 61,175 އާއިލާގެ 219,282 މީހުންނަށް ވަނީ ސީދާ އަސަރުކޮށްފައެވެ. ސަލާމަތީ އަދި ސިއްހީ ކަންތައްތަކާ ބެހޭ ފަރާތްތަކުން އަންނަނީ ކާރިސާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.
މޫސުމާބެހޭ އިދާރާއިން ވަނީ ބޯވާރައާއި ގަދަ ވަޔަށް ރަތް ސަމާލު ނެރެފައެވެ. ބައެއް ސަރަހައްދުތަކަށް 200 މިލިމީޓަރަށް ވުރެ ބޯކޮށް ވާރޭވެހި، ގަޑިއަކު 60–70 ކިލޯމީޓަރު (90 ކިލޯމީޓަރާ ހަމައަށް ގަދަވުން) ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އިރިގޭޝަން ޑިޕާޓްމަންޓުން ވަނީ ކެލާނީ ކޯރުގެ ވާދީއާއި ކޮލޮމްބޯ ކައިރީގައިވާ ތިރި ސަރަހައްދުތަކަށް ރެޑް ލެވަލް ފްލަޑް ވޯނިންގއެއް ނެރެ، އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެހެން ތަންތަނަށް އަވަހަށް ބަދަލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ކާރިސާގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސެންޓްރަލް ހައިލެންޑްސްގެ ބަޑުއްލާއާއި ނުވަރައޭލިޔާއަށާއި، އިރުމަތީ އައްސޭރީގެ ޓްރިންކޮމާލީއަށާއި، ވެސްޓަރން ޕްރޮވިންސްގެ ކޮލޮމްބޯއާއި ގަމްޕަހާގައެވެ. ގިނަ ސަރަހައްދުތަކުގައި ރޭލު ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އަދި ގަސްތައް ވެއްޓުމާއި ބޮޑިގަނޑު ހެދުމުގެ ސަބަބުން މުހިއްމު މަގުތައް ވަނީ ބަންދުވެފައެވެ. ދަތުރުފަތުރު ކުރުން ކުޑަކުރުމަށާއި، ތިރި ސަރަހައްދުތަކުގައި ނުވަތަ ނުރައްކާތެރި ބިމުގެ ސަރަހައްދުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން، ހިޖުރަކުރުމަށް ދޭ އެންގުންތަކަށް ވަގުތުން ތަބާވެ ދުރުސަރަހައްދުތަކަށް ބަދަލުވުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!