ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ، ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ (16 ނޮވެމްބަރު 2025) ދުވަހު އެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު މި މައްސަލައިގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް މި މައްސަލައާއި ގުޅޭ ޕޯސްޓެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. މި ޕޯސްޓްގައި ބުނެފައިވާގޮތުން ޒިންމާދާރު މަގާމެއްގައި ހުރި މީހަކު އޭނާ ރައްޓެހިވެގެން އުޅޭ އަންހެނެއްގެ ދެ އަންހެން ދަރިންނަށް، އަންހެން މީހާގެ ރުހުމުގައި ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކައި ގްރޫމް ކޮށްގެން ޖިންސީގޯނާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!