މަރުވެފައިއޮތް ކުޑަ ކިނބުލެއް ވައިކަރަދޫއަށް ލައްގައިފި އެވެ.

މިއަދު އިރު އޮއްސި 6:15 ހާއިރު މިކިނބޫ ފެނިފައިވަނީ ވައިކަރަދޫ ފުޓްސަލް ދަނޑާ ދިމާ އަތިރި މަތިން ޒުވާން ކުދިން ކޮޅަކަށްކަމަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ބުނެފައި ވެއެވެ.

Ad
rt

މިއީ ކުޑަ ކިނބުލެއްކަމަށާއި ގާތްގަނޑަކަށް 4 ފޫޓް ބައި ހުންނާނެކަމަށް ނަސީމް ވިދާޅުވިއެވެ. މިކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވާކަމަށާއި ނަމަވެސް މަރުވެފައި ވުމުން ކިނބޫ ވަޅުލުމަށް އެފަރާތުން އެދޭކަމަށް ނަސީމް ވިދާޅުވިއެވެ.