ވިލާ ފައުންޑޭޝަން އާއި، ވިލާ ކޮލެޖުގެ "ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް"ގެ ފުރަތަމަ ޕެނަލް ޑިސްކަޝަން މިރޭ ފަށަން ނަންމައިފިއެވެ.
މިރޭ ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ފިއުޗަރ މޯލްޑިވްސް އެކަޑަމިކް ޑިސްކަޝަންގެ މައުލޫއަކީ " ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރެވިފައިވާ، ކުޑަކުދިންނަށް އަމާން ދިވެހިރާއްޖެއެއް" އެވެ.
ބައިވެރިވުން މުޅިން ހިލޭ ހުޅުވާލައިފާ މިރޭގެ ޕެނަލް ޑިސްކަޝަން ހުށަހަޅުއްވައިދެއްވާނީ ނަފްސާނީ ބަލިތަކަށް ޚާއްސަ، ދިވެހިންގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ޑޮކްޓަރު، ޑރ. އާއިޝަތު އަލީ ނާޒެވެ. އޭގެ އިތުރުން ޕެނަލިސްޓުން ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ ޔޫއެންޑީޕީއާއި، ޖެންޑަރ މިނިސްޓަރީގައި ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައިވާ އާތިފާ އިބްރާޙީމާއި، ކުރީގެ ޖެންޑަރ މިނިސްޓަރު އަނީސާ އަޙުމަދާއި، މޯލްޑިވްސް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޔޫނުސް ސޮބާޙާއި އަދި ޔޫތު މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސައުދަތު އަފީފެވެ.

މިބޭފުޅުން ތެރެއިން އަނީސާ ފިޔަވައި އަނެއް ހަތަރު ބޭފުޅުންނަކީ ވިލާ ސްކޮލަރުންކަމަށް އެ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑައިރެކްޓަރ މުހައްމަދު ހަމީދު ވިދާޅުވިއެވެ. އަދި މިހުރިހާ ބެފުޅުންނަކީވެސް މާސްޓަރސް ޑިގްރީއަށްވުރެ މަތީން ތަޢުލީމު ހާސިލް ކުރައްވާފައިވާ ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅުންކަމަށްވެސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.
ވީޓީވީއިން ލައިވްކުރާ މިރޭގެ މިރޭގެ ޕެނަލް ޑިސްކަޝަން އޮންނާނީ ވިލާކޮލެޖުގެ ހޯލު، ވިލާކޮލެޖުގެ ކިއުއައި ކެމްޕަސްގައެވެ.
"ފިއުޗަރ މޯލްޑިވްސް އިނިޝިއޭޓިވް" ޕްރޮގްރާމް އިފްތިތާހުކުރީ ވިލާ ގްރޫޕަށް 20 އަހަރު ފުރުމަށް ބޭއްވި ޚާއްސަ ހަފްލާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!