ސިނަމާލެ ބްރިޖުގައި ޕިކަޕެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެ، ފަރުވާ ދޭންފަށައިފިއެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ ސިނަމާލެ ބްރިޖު ހައިވޭ މަތިން ހުޅުމާލެއިން މާލެއަށް ދަތުރުކުރި ސައިކަލެއް، ބްރިޖް ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓެއްގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެފައިވާއިރު، އެއީ 57 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާގެ ބޯ ފަޅައިގެންގޮސް އަތަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ (31 އޮކްޓޯބަރު 2025) 18:48 ހާއިރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!