ށ. ޅައިމަގު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ބާއްވާ ހާއްސަ މަޝްވަރާ ބައްދަލުވުމަށް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.
"ބަދަހިގުޅުން ކޮމެޓީއާއެކު" ނަމުގައި ކުރިއަށް ގެންދާ މި ބައްދަލުވުމަށް ދައުވަތު އަރުވަމުން ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުނީ މި މަޝްވަރާ ބައްދަލުވުމަކީ 2026 ވަނަ އަހަރު އެ ކޮމެޓީގެ މަސައްކަތު ތާވަލު ތައްޔާރުކުރުމަށް ބާއްވާ މަޝްވަރާ ބައްލަވުމެއް ކަމަށެވެ.
މިގޮތުން މި ބައްދަލުވުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭނުންވާކަމަށް އެ ކޮމެޓީން ބުނެފައިވެއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ 30 އޮކްޓޫބަރ ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:15 ގައި ޅައިމަގު ކައުންސިލު އިދާރާ މީޓިންގ ރޫމުގައެވެ.
ޅައިމަގު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ދަނީ، އެ ކޮމެޓީގެ ފެންވަރު ރަނގަޅު ކުރުމަށާއި، ރަށުގައި ބާއްވާ ހަރަކާތްތަކަށް ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!