•  
  •  
  •  
  •  
  •  
  •  

މަޖިލީހުގެ ގޮނޑިތައް ވަކި ދާއިރާއަކަށް ތަފާތު ނުކުރެވޭނެ އުސޫލަކުން ތަރުތީބު ކޮށްދެއްވުންއެދި މަޖިލީހުގެ އާންމު ކޮމެޓީގައި އެދިއްޖެއެވެ.

އެގޮތަށް އެދި ވަޑައިގަތީ މަޖިލިސްގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިސްގެ އާންމު ކޮމެޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަޠީފަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ޝިޔާމް ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ޤާނޫނު އަސާސީގެ ދެވަނަ ބާބުން ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި މިނިވަންކަން ތަފާތު ނުކުރުމަށް ކަނޑައެޅިގެން ލިޔެފައިވާ ކަމަށެވެ.

އެގޮތުން އެ މާއްދާގައި ބަޔާން ވެގެން ވަނީ ” މިބާބުގައި ބަޔާންކޮށްފައިވާ ހައްޤުތަކާއި މިނިވަންކަން، މިބާބުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެއްވެސް ގޮތަކުން ތަފާތު ކުރިމެއްނެތި ކޮންމެ މީހަކަށްވެސް ލިބިގެން ވެއެވެ. މި ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެނީހެއްގެ ނަސްލަކަށް ނުވަތަ އެމީހަކު އުފަންވީ ޤައުމަކަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް ނުވަތަ ޖިސްމާނީ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާ ނުވަތަ ރަށަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތު ކޮށްގެން ނުވާނެއެވެ.” މިހެންނެވެ.

އެސިޓީގައި އިތުރަށް ބުނެފައިވަނީ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ކަމުގެ ޙައްޤުގެ ދަށުން ރައްޔިތުންގެ މަޖިލިސްގެ ގޮނޑިތައް ތަރުތީބު ކުރެވިފައިވަނީ މިޙައްޤު ވަރަށް ބޮޑަށް ގެއްލޭ ގޮތަށްކަން ފާހަގަ ކުރާކަމަށެވެ.

“ޒަމާނުއްސުރެ ވެރިކަން ކުރާރަށް މާލޭގެ މެމްބަރުންނަށް އިސްކަންދޭ ގޮތަށް ގޮނޑިތައް ތަރުތީބު ވެފައި ވުމުން ވަރަށް ބޮޑަށް މަޖިލީހުގެ ތެރެއިން ތަފާތު ކުރުންތައް ފެނިގެންދޭ”

ޒަމާނުއްސުރެ ވެރިކަން ކުރާރަށް މާލޭގެ މެމްބަރުންނަށް އިސްކަންދޭ ގޮތަށް ގޮނޑިތައް ތަރުތީބު ވެފައި ވުމަކީ ވަރަށް ބޮޑަށް މަޖިލީހުގެ ތެރެއިން ތަފާތު ކުރުންތައް ފެނިގެންދާ ކަމެއްކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ. އަދި އެއީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށްވެސް މަޖިލީހުގެ ގިނަ މެމްބަރުން ޤަބޫލު ނުކުރާކަމަށް އެސިޓީގައި އިތުރަށް ބުނެފައިވެއެވެ.


ޝިޔާމުގެ އެސިޓީއާއި ގުޅިގެން ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވީ އެކަމަކީ 1932 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ތަފާތު ކުރުމެއްކަމަށެވެ.

ރައްޔިތުންގެ މަޖިލިސްގެ ގޮނޑިތައް ޒަމާނުއްސުރެ ތަރުތީބު ވެފައި ހުންނަނީ މާލޭ މެމްބަރުންނަށް އިސްކަން ދީގެން، މާލޭ މެމްބަރުން މަޖިލިސްގެ އެންމެ ފުރަތަމަ ސަފުގައި ތިއްބަވާ ގޮތަށް ތަރުތީބު ކުރެވިގެންނެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ