•  
  •  
  •  
  •  
  •  
  •  

ކުޑަކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޒަންގައި ހިމެނޭ ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި އަދި ވ. އަތޮޅު ހިމެނޭ ރަށަކުން  އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެކަން ހިނގި ވަކިރަށެއްވެސް، އިތުރު ތަފްޞީލެއްވެސް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.

ބައެއް މީޑިއާ ޚަބަރުތައް ބުނާގޮތުން އެކަން ހިނގާފައިވަނީ އއ. އުކުޅަހުގައެވެ. އަދި މިމައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ޓީމު މިވަގުތު އެރަށުގައި ހަރަކާތްތެރިވަމުން ދާކަމަށްވެސް މީޑިއާ ޚަބަރުތައް ބުނެއެވެ. އެއީ އުމުރުން 15 އަހަރުގެ ކުއްޖެއް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ފަހަކަށް އައިސް ރޭޕް އާއި ޖިމްސީ ގޯނާގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ދޮން ބައްޕައަކު އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް މީގެ ދެ ހަފްތާ ކުރިން ފެންމަތިވެފައިވާ އިރު ގުރޫޕަކުން ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ